ވޮޝިންޓަން (12 މޭ 2024): ޣައްޒާގެ ރަފްޙަށް އަރައިގަތުމުގައާއި ފަލަސްތީނުގެ ބިންތަކުން ފޭބުމުގެ މައްސަލާގައި އިސްރާއީލު އަލުން ވިސްނަންޖެހޭ ހިސާބަށް ދުނިޔޭގެ އާންމުންގެ ރައުޔު ނުވަތަ ޕަބްލިކް އޮޕީނިޔަން އިސްރާއީލާ ދެކޮޅަށް ބަދަލުވަމުންދާ ކަމަށާއި ހަމާސް، ހިޒްބުﷲ އަދި ހޫޘީންނަކީ ބަލިނުކުރެވިދާނެ ޖަމާއަތްތަކެއްކަން އިސްރާއީލަށް ހަނދާންކޮށްދީ އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ފުރަތަމަ ފަހަރަށް ވާހަކަދައްކަވައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން މެތިއު މިލާ އިސްރާއީލަށް އަމާޒުކުރައްވައި ވިދާޅުވީ ޣައްޒާގައި ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ވިސްނުން އިސްރާއީލާ ދެކޮޅަށް ބަދަލުވަމުންދާ މިންވަރާމެދު އެމެރިކާއިން ކަންބޮޑުވާކަމުގައެވެ.

މި މޭރުމުން ވާހަކަދައްކަވަމުން ހަމާސްގެ އަތްދަށުގައިވާ އިސްރާއީލުގެ އަސީރުން މިނިވަން ކުރުމުގައާއި އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ މައްސަލައިގައި ވެސް ގަދަބާރުދެއްކުމުގެ ބަދަލުގައި ވާހަކަ ދައްކައިގެން ސުލްހަވެރި ހައްލެއް ހޯދުމުގެ ވިސްނުން އިސްރާއީލުން ގެންގުޅެންޖެހޭ ވަގުތު އަތުވެއްޖެ ކަމަށް މެތިއު ވިދާޅުވިއެވެ.

އެމެރިކާއަކީ އިސްރާއީލުގެ ފަހަތުގައިވާ ޔަހޫދީ ޒަޔަނިސްޓް ބާރުތަކާއި ޔަހޫދީ މާފިޔާ ގްރޫޕްތަކުގެ ދަލުގައި ވަރަށް ބޮޑަށް ޖެހިފައިވާ ގައުމެކެވެ. އެމެރިކާގެ ވިޔަފާރިތަކާއި މާލީ ނިޒާމު އޮތީ އިސްރާއީލުގެ ފަހަތުގައި ތިބި ޔަހޫދީ ބިޔަ ކުންފުނިތަކާއި ޔަހޫދީ މުއްސަނދި މަހުޖަނުންނާއި ޔަހޫދީ މާފިޔާގެ މުށުތެރޭގައެވެ. އެމެރިކާގެ މައި ސިޔާސީ ދެ ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕާޓީއާއި ޑިމޮކްރެޓިކް ޕާޓީއަށް ފަންޑުކުރާ މައި ސޯސްއަކީ ވެސް އަދި އެމެރިކާގެ ސިޔާސީ ލީޑަރުންގެ ކޭމްޕޭންތަކަށް ޚަރުކުރާ މައިގަނޑު ފަރާތްތަކަކީ ވެސް ޔަހޫދީ މަހުޖަނުންނާއި ޔަހޫދީންގެ މަސްލަހަތު އޮންނަ ކުންފުނިތަކާއި ޔަހޫދީ މާފިޔާއެވެ.

އެމެރިކާއާއި ހަރަކާތްތެރިވާ ޔަހޫދީ ލޮބީ ގްރޫޕްތަކާއި މި ދެންނެވި މާފިޔާތަކާއި ކުންފުނިތަކުގެ އިތުރުން އެމެރިކާގެ މެއިންސްޓްރީމް މީޑިއާއަކީ ވެސް ޔަހޫދީ ޒަޔަނިސްޓުން ކޮންޓްރޯލްކުރާ އެއްޗެކެވެ. އެހެންކަމުން އެމެރިކާގެ ޑީޕް ސްޓޭޓްގެ މައިބަދައަކީ ޔަހޫދީ ޒަޔަނިސްޓް ބާރުތަކެވެ. މިކަމުގެ ސަބަބުން އެމެރިކާގެ ހުރިހާ ކަމަކަށް ބާރާއި ނުފޫޒު ފޯރުވުމުގެ ވަރަށް ބޮޑުބާރެއް އޮންނަނީ އިސްރާއީލުގެ އަތުގައެވެ.

ޣައްޒާގެ ރަފްހަށް އަރައިގަތުމުގެ މައްސަލައިގައި އެމެރިކާއާއި އިސްރާއީލުގެ ސަރުކާރާ ދެމެދު ދެބަސްވުންތަކެއް ހުރެފައި އެމެރިކާ ބުނާގޮތް ހެދުމަށް އިސްރާއީލު ފާޅުގައި ދެކޮޅު ހަދާތީ އިސްރާއީލަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ދިނުން މި ވަގުތަށް މަޑު ޖައްސާލުމަށް ރައީސް ޖޯ ބައިޑެން ނިންމަވާފައިވީ ނަމަވެސް މިއީ ވަރަށް ރަމްޒީ އަދި ވަގުތީ ކަމެކެވެ.

އިސްރާއީލުން ޣައްޒާގެ ފުނޑުފުނޑުކޮށް ހޮސްޕިޓަލްތަކަށް ހަމަލާދީ އާންމުންގެ 34،000 މީހުން މަރައި ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލަމުން ގެންދަނީ އެމެރިކާގެ ހަތިޔާރު ބޭނުންކޮށްގެން އެމެރިކާގެ އެހީތެރިކަމާ އެކުގައެވެ. އަދިވެސް މިކަން އޮންނާނީ މިގޮތުގައެވެ. އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅެއް އެޅުމަކީ ވެސް އަދި ހަތިޔާރު ނުދީ ހިފެހެއްޓުމަކީ ވެސް ހަގީގަތުގައި އެމެރިކާގެ އެއްވެސް ވެރިއަކަށް ކުރަންކެރޭނެ ކަމެއް ނޫނެވެ.

އިސްރާއީލަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ދިނުން މި ވަގުތަށް މަޑު ޖައްސާލުމަށް ރައީސް ޖޯ ބައިޑެން ނިންމެވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެމެރިކާގެ އެތެރޭގައި ޚާއްސަކޮށް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން އިސްރާއީލާ ދެކޮޅަށް ކުރަމުންގެންދާ ވަރުގަދަ މުޒާހަރާތަކާ ގުޅިގެން ބައިޑެންގެ މަގުބޫލުކަން އެމެރިކާގައި ދަށަށްދާން ފަށާފައިވުމެވެ. ބައިޑެންގެ ކަންބޮޑުވުމަކީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި އިސްރާއީލުގެ ސަބަބުން އޭނާގެ މަގުބޫލުކަން ދަށަށް ހިނގައިދާނެކަމުގެ ބިރެވެ.

އިސްރާއީލުގެ ބާރުތައް ޣައްޒާގެ ރަފްހަށް އަރައިގަތުމުގެ މައްސަލައިގައި ދެވަނަ ވިސްނުމަކަށް ދިޔުމަށް އިސްރާއީލުގެ ކިބައިން އެދިވަޑައިގެން އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން މެތިއު މިލާ ވާހަކަދެއްކެވި މައިގަނޑު ސަބަބަކީ ވެސް މިއީ ކަމަށް މުހައްލިލުން ވިދާޅުވެއެވެ.

އިސްރާއީލުގެ ބާރާއި ނުފޫޒު އެމެރިކާގައި ކިތަންމެ ގަދަ ނަމަވެސް އެމެރިކާގެ ޔުނިވާސިޓީތަކުގެ ދަރިވަރުން އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ވަރުގަދައަށް ނުކުމެފައިވާތީ އިސްރާއީލަށާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާގެ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކަށްވަނީ ބޮޑު ސިހުމެއް ލިބިފައެވެ. އެއީ، ކިޔަވާކުދިންނަކީ އެމެރިކާގެ މުސްތަގުބަލު ކަމަށްވާތީ އެމެރިކާގެ ކިޔަވާ ކުދިންނަށް ޔަހޫދީންގެ ހަގީގަތް އެނގުމާ އެކު ޔަހޫދީންނާ ދެކޮޅަށް މުސްތަގުބަލުގައި އެމެރިކާ ބަދަލުވެދާނެތީއެވެ. ނުވަތަ މިހާރު މިއޮތް ބާރާއި ނުފޫޒު މުސްތަގުބަލުގައި ގެއްލިދާނެކަމުގެ ބިރަށެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން މެތިއު މިލާ ވަނީ އިސްރާއީލާ ދެކޮޅަށް ހަރަކާތްތެރިވާ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި ލުބްނާނުގެ ހިޒްބުﷲ އަދި ޔަމަންގެ ހޫޘީންނަކީ ވެސް ބަލިނުކުރެވޭނެ އަދި ނައްތާނުލެވޭނެ ޖަމާއަތްތަކެއް ކަމަށް ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފައެވެ.

އޭނާ ވަނީ ގަދަބާރު ދެއްކުމުގެބަދަލުގައި ސުލްހައިގެމަގު ޚިޔާރުކުރުމަށް ފުރަތަމަ ފަހަރަށް އިސްރާއީލަށް ގޮވާލައްވާފައެވެ. ޣައްޒާގައި ވަގުތީގޮތުން ހަމާސް ބަލިކުރެވުނު ނަމަވެސް ފަލަސްތީނުގެ މައްސަލަ އިންސާފުވެރިކަމާ އެކު ހައްލުނުކުރެވޭނަމަ އިސްރާއީލަށް ދުވަހަކު ވެސް އަމާންކަން ނުލިބޭނެކަމާއި ހަމާސް މިހާރަށްވުރެ ގަދަބާރުގައި އަލުން އެނބުރި އަންނާނެ ކަމަށް ވެސް އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާން ވިދާޅުވިއެވެ.

ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ އަސީރުންނަކީ ވެސް ގަދަބާރުން މިނިވަންކުރެވޭނެ ބައެއް ނޫންކަމާއި ހަމާސްއާ އެކު އެއްބަސްވުމަކަށް އައިސްގެން ނޫނީ އެ މީހުން މިނިވަންނުކުރެވޭނެކަން ވެސް މެތިއު އިސްރާއީލަށް ހަނދާންކޮށްދެއްވިއެވެ.

މިއީ ކުރިން އިސްރާއީލަށް އަމާޒުކޮށް އެމެރިކާ ދައްކާފައިވާ ވާހަކަތަކެއް ނޫނެވެ. އެމެރިކާއިން އިސްރާއީލަށް ކިތަންމެ ވަރަކަށް ހަތިޔާރުދީ ހިމާޔަތް ދިން ނަމަވެސް ފަލަސްތީނުގެ ހައްގުތައް ނުދެނީސް އިސްރާއީލަށް އަމާންކަން ނުލިބޭނެކަމާއި ފަލަސްތީނުގެ ޖިހާދުގެ ހަރަކާތްތައް ވެސް ނުހުއްޓުވޭނެކަން އެމެރިކާއަށް މިހާރު ވިސްނެން ފަށާފައިވާކަމަށް މުރާސިލުން ބުނެއެވެ.

ރަފްހުގައި ހަމާސްގެ މުޖާހިދުންނާއި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކާ ދެމެދު ހިނގާ ކުރިމަތިލުންތަކުގައި އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުވެ، އަނެއް ބަޔަކު ވަނީ ޒަޚަމުވެފައެވެ.