12 Jun 2012, 09:15
މާލޭގައި އަނެއްކާ ވެސް ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފި އެވެ.
މިއަދު ހެނދުނު 6:15 އެހާކަން ހާއިރު ވަޅި ހަރާ ޒަހަމްކޮށްލާފައި ވަނީ އދ. މާމިގިލީ ސަނީސައިޑް، ހަސަން ޝަފީގު 18، އެވެ. އޭނާއަށް ހަމަލާ ދީ ޒަހަމްކޮށްލާފައި ވަނީ މައްޗަންގޮޅި ސަހަރާ ކައިރިންނެވެ.
ފުލުހުން ބުނީ މިހަމަލާގައި ތޫނު އެއްޗަކުން ޝަފީގަށް ހަމަލާދީ އޭނާގެ ބަނޑުގެ ވައަތްފަރާތުން ތިން އިންޗި ހާތަން ޒަޚަމް ކޮށްލާފައިވާ ކަމަށެވެ. އަދި ބުނީ މިހާތަނަށް ބެލި ބެލުމުން ޝަފީގަށް ހަމަލާދީފައި ވަނީ ގްރޫފަކުން ކަމަށާއި އޭނާއަށް މިހާރު އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މި ހަމަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަ،ވެސް ފުލުހުން ގެންދަނީ މިމައްސަލަ ބަލަމުންނެވެ.
މާލެ އާއި އަތޮޅުތަކުގެ ރަށްރަށުގައި މީހުންނަށް ވަޅިން ހަމަލާ ދިނުން ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް ވަނީ ވަޅި ހެރުން އިތުރުވެފަ އެވެ. ވަޅި ހެރުމުގެ ހަމަލާތަކާ ގުޅިގެން މި އަހަރުގެ ތެރޭގައި ވެސް ބައެއް މީހުން ވަނީ މަރުވެފަ އެވެ.