12 Jun 2012, 09:00
މަޝްހޫރު އަގޯރާ ސްޕަމާޓުން ސެންޓް ފުޅިއެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި އެވެ.
ސޯސަންމަގުގައި ހުންނަ އަގޯރާ ފިހާރައިން ވައްކަން ކޮށްފައިވަނީ އިއްޔެ ހަވީރު 5:45 ހާއިރު އެވެ. ފުލުހުން ބުނީ ސެންޓް ފުޅިއެއް ވަގަށް ނަގައިގެން ހައްޔަރު ކުރީ ދިވެހި ފިރިހެނެއް ކަމަށެވެ.
ބްރައިޓް ބްރަދާސް ކުންފުނިން ހިންގާ ސްޕަމާޓުން ސެންޓް ފުޅި ވަގަށް ނެގި މީހާއާ ބެހޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ. ހަމައެކަނި ބުނީ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.
ފުލުހުންގެ ތަފާސްހިސާބު ދައްކާ ގޮތުން ހަމަ އެކަނި މިމަހު ވެސް ވައްކަމުގެ 125 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ. މާލޭގައި ވައްކަމާއި ފޭރުން އިތުރުވަމުންދިއުމާއި ގުޅިގެން ފުލުހުން އަންނަނީ ޚާއްސަ އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ.