މާލޭ މަސްމާރުކޭޓް ހިންގަން އަމިއްލަ ކުންފުންޏެއް ކަމަށްވާ ވޭވް ލިންކް ޕުރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މާލޭ ސިޓީ ކައުންސިލް މެންބަރު އިބްރާހިމް ސުޖާއު ވިދާޅުވި 10 އަހަރުގެ މުއްދަތަށް މަސް މާރުކޭޓް ހިންގާނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާނު ކުރުމުން ދެ ފަރާތަކުން ކުރިމަތިލި ކަމަށާއި އެ ގޭގެ ތެރެއިނ ވޭވް ލިންކް ޕްރައިވެޓް ލިމިޓެޑާ މާރުކޭޓް ހަވާލުކުރީ ބިޑތައް ދިރާސާ ކުރުމަށްފަހު އެއީ އެކަމަށް އެންމެ ގާބިލު ފަރާތް ކަމަށް ފެނިގެން ކަމަށެވެ.

\\\"އަޅުގަނޑުމެނަށް ލަފާކުރެވެނީ އެ ކުންފުއްޏާ މަސްމާރުކޭޓް ބަލަހައްޓަން ހަވާލުކުރުމުން މިހާރު އަޅުގަނޑުމެނަށް ލިބޭ އާންމުދަނީގެ ދިހަ ގުނަ އިތުރުވެގެންދާނެ ކަމަށް،\\\" ސުޖާއު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ރޯދަ މަހުގެ މަސް މާރުކޭޓް ތަރައްގީ ކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށާނެ ކަމަށާއި އަދި ކުރިއަށް އޮތްތާނގައި އެކުންފުނިން ހިންގާއިރު މިހާރަށް ވުރެ ގިނަ ހިދުމަތްތައް މާރުކޭޓުން ދޭނެ ކަމަށެވެ.

\\\"ކުރިއަށް އޮތްތަނުގައި މަސް މާރުކޭޓުން ފެން ލިބޭނެ އިންތިޒާމާއި އައިސް ލިބޭނެ އިންތިޒާމް ހަމަޖެހޭނެ އަދި ހަމައެހެންމެ އެތަނުގައި އިށީދެ ތިބެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން އަށިތައް ހަދާނެ އަދި މިހާރަށްވުރެ ސާފްތާހިރު މާހައުލަކަށް ބަދަލު ކުރެވޭނެ\\\" ސުޖާއު ވިދާޅުވި އެވެ.

މަސްމާރުކޭޓަކީ ކޮންމެ ސަރުކާރަކުން ވެސް ތަރައްގީ ކުރަން ވާހަކަ ދަކާ، މިހާތަނަށް ވެސް ތަރައްގީވެފައި ނުވާ ތަނެކެވެ.