ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މިރޭ ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަށް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ޑްރަގް އެންފޯސްމަންޓުން ހުޅުމާލޭގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި އަންހެނެއް ކަމަށެވެ.

ފުލުހުން ބުނީ މި އަށް މީހުންނަކީ ވެސް ދިވެހިން ކަމަށެވެ.

އަދި މި މައްސަލަ މިހާރު ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާއި ވައްކަން ފަދަ މައްސަލަތައް މިހާރު އަންނަނީ އިތުރުވަމުންނެވެ.

އެގޮތުން ބޯޓަކުން 10 ގޭސްފުޅި ވަގަށް ނެގި މައްސަލައަކާއި، އަބަދަށްފެހި މަގުގައި ހުރި 'ނިއު ލައިން' ފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައެއްގެ އިތުރުން އެ މަގުގައި ހުރި ބޭސް ފިހާރައަކުން ވައްކަން ކޮށްފައިވާ މައްސަލައެއް މިއަދު އެކަނިވެސް ފުލުހަށް ރިޕޯޓުކޮށްފައިވެއެވެ.