08 May 2024, 14:21
އެޕަލްއިން ރޭ ބޭއްވި ސަޕްރައިޒް "ލެޓް ލޫޒް" އިވެންޓުގައި އަޕްގްރޭޑުކޮށްފައިވާ އައިޕެޑް ޕްރޯއާއި އައިޕެޑް އެއާގެ މޮޑެލްތައް, ބޮޑު ޑިސްޕްލޭތަކާ އެކު ނެރެފައިވާއިރު، އޭއައި ވޯކްލޯޑްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބާރުގަދަ އާ އެމް4 ޗިޕެއް ވެސް ދައްކާލައިފިއެވެ.
އެންމެ ފާހަގަކޮށްލެވޭ ކަމަކީ 11 އިންޗިއާއި 13 އިންޗީގެ ސްކްރީން ސައިޒުން ލިބެން ހުންނާނެ ވަރަށް ބޮޑަށް ރީޑިޒައިންކޮށްފައިވާ އައިޕެޑް ޕްރޯއެވެ. އެޕަލްގެ މި ހިތްގައިމު ޕްރިމިއަމް ޓެބްލެޓްތަކަކީ އެންމެ 5.1 މިލިމީޓަރު އަދި 5.3 މިލިމީޓަރުގެ ތުނި ސްލިމް ބެޒެލްސް ހިމެނޭ ޓެބްތަކެކެވެ.
އަލަށް ދައްކާލި އެޕަލްގެ އެމް4 ޗިޕްގައި އާ އައިޕެޑް ޕްރޮސް ރަންކުރަނީ އެޑްވާންސް 3އެންއެމް ޕްރޮސެސްއެއް ބޭނުންކޮށްގެންނެވެ. ދިހަ ކޯގެ ސީޕީޔޫއާއި ޖީޕީޔޫ ގުޅިގެން 38 ޓްރިލިއަން އޮޕަރޭޝަންގެ ގާބިލުކަން ލިބިފައިވާ ނިއުރަލް އިންޖީނަކާ އެކު ޓެބްލެޓެއްގައި ކުރިން ނުފެންނަ ބްލިސްޓިން ޕާފޯމަންސްއާއި އޭއައި ކުޅަދާނަކަން މި އުފެއްދުމުން ލިބޭނެއެވެ.
އައިޕެޑް އެއާއިން ވެސް ބޮޑު އަޕްގްރޭޑެއް ގެނެސް، 13 އިންޗީގެ އާ ޑިސްޕްލޭ އޮޕްޝަނަކާ އެކު، އެޕަލްގެ އެންމެ ފަހުގެ އެމް2 ޕްރޮސެސަރަށް ބަދަލުވެ، ބޭސް ސްޓޯރޭޖް 128 ޖީބީއަށް ދެ ގުނައަށް ވަނީ އިތުރުކޮށްދީފައެވެ.
އަނެއްކޮޅުން ބާރުގަދަ އާ ހާޑްވެއާ ކޮމްޕްލިމެންޓްކުރުމަކީ އެންހޭންސްޑް ސޮފްޓްވެއާއާއި އެކްސެސަރީޒްގެ ހަތިޔާރެކެވެ. ޕެންސިލް ޕްރޯ ސްޓައިލަސްއިން އިތުރު ސެންސަރުތަކާއި ޖެސްޗާ ކޮންޓްރޯލްތައް އިތުރުކުރާއިރު އަޕްޑޭޓްކޮށްފައިވާ ފައިނަލް ކަޓް ޕްރޯ އަދި ލޮޖިކް ޕްރޯ އެޕްލިކޭޝަންތަކުން އެމް4ގެ ވީޑިއޯ އެޑިޓިންއާއި އޯޑިއޯ ޕްރޮޑަކްޝަން މުއްސަނދިވެގެން ދާނެއެވެ.
ހައިރާންކުރުވަނިވި ކަމަކީ އެޕަލްގެ އެންމެ ފަހުގެ އައިޕެޑް ލައިންއަޕްގައި ޖެނެރޭޓިވް އޭއައި ކެޕޭބިލިޓީސް އިންޓަގްރޭޓް ކުރުމުގެ އެއްވެސް ވާހަކައެއް އެޕަލްއިން ނުދައްކާ ކަމެވެ. ނަމަވެސް، އަންނަ ޖޫން މަހު ބާއްވާ ޑަބްލިއުޑަބްލިއުޑީސީގެ ސޮފްޓްވެއާ ކޮންފަރެންސްގައި އެމް4ގެ ނިއުރަލް އިންޖީނުގެ ބޭނުން ހިފާ އޭއައި ފޯކަސްޑް ފީޗާތަކާއި ޓޫލްސްތައް ހާމަކުރާނެ ކަމަށް ބެލެވެއެވެ.
އެޕަލްއިން ދައްކާލި އާ އައިޕެޑް ޕްރޯއަކީ މޮބައިލް ކްރިއޭޓިވް ވޯކްސްޓޭޝަނެއްގެ ގޮތުގައި އަދި އެޑްވާންސް މީޑިއާ އެޑިޓިން އަދި ކޮމްޕިއުޓިން ޓާސްކްތަކަށް ބޭނުންވާ ޕޮޓެންޝަލް ލެޕްޓޮޕް ރިޕްލޭސްމަންޓެއްގެ ގޮތުގައި ވެސް ބެލިދާނެ ފުރިހަމަ އުފެއްދުމެކެވެ.
ޖުމުލަ 11 އިންޗީގެ އައިޕެޑް ޕްރޯ 799 ޑޮލަރަށް ޕްރީ އޯޑަރުގައި ލިބެން ހުރިއިރު 13 އިންޗީގެ މޮޑެލް ފެށެނީ 899 ޑޮލަރަށެވެ. މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން ޕްރީ އޯޑަރު ކުރެވޭނެ ކަމަށް އެޕަލްއިން ބުނެއެވެ.