ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މާދާމާ އިންޑިއާ ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅުގައި މިނިސްޓަރު އެނބުރި ރާއްޖެއަށް ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޒަމީރު އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒްގެ. ޑރ ޖައިޝަންކަރާ ބައްދަލުކުރެއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެ ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ޕާޓްނަޝިޕް ފުޅާކުރުމުގެ މަޝްވަރާތައް ބާއްވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މިއީ ރަސްމީ ދަތުރުފުޅެއްގައި މިނިސްޓަރު ޒަމީރު އިންޑިއާއަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މިދިޔަ މަހުގެ ފަހުކޮޅު ފޮރިން މިނިސްޓަރު، ޒަމީރު ވަނީ ރަސްމީ ދަތުރުފުޅެއްގައި ސައުދީއަށް ވަޑައިގެންނަވާފައެވެ. އެ ދަތުރުފުޅުގައި މިނިސްޓަރު ވަނީ ވޯލްޑް އިކޮނޮމިކް ފޯރަމުގެ ޚާއްސަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.