11 Jun 2012, 11:22
ހދ. ހަނިމަދޫން މިދިޔަ ހުކުރު ދުވަހު ފެނުނު ހުދަންބަރު މާވަހަރުގެ މިލްކުވެރި ކަމުގެ މައްސަލައިގައި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކުރިމިނަލް ކޯޓުން ނެރުނު ވަގުތީ އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް މާވަހަރު ގެންގޮސްފި އެވެ.
ހަނިމާދޫ އެއާޕޯޓް ސަރަހައްދުގެ މޫދުން ފެނުނު 25 ކިލޯގެ ހުދަންބަރު މާވަހަރުގެ މައްސަލަ ހޫނުވެފައިވަނީ އެގޭ މިލްކްވެރި ފަރާތާއިމެދު އުފެދުނު ހިޔާލު ތަފާތުވުމަކާ ގުޅިގެނެވެ.
ފުލުހުންގެ މީޑިޔާ ކޯޑިނޭޓަރު ހަސަން ހަނީފު ވިދާޅުވީ މާވަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިއްޔެ މެންދުރު ފަހު ޖިނާއީ ކޯޓުން ނެރިފައިވާ ވަގުތީ އަމުރާއެކު ކަމަށެވެ. އެނާ ވިދާޅުވީ ކުރިމިނަލް އެ އަމުރުނެރިފައިވަނީ މާވަހަރުގެ މައްސަލަގައި މީހަކު ހުށަހެޅި ހިޔާނަތުގެ މައްސަލައަކާއި ގުޅިގެންނެވެ.
ހަނިމާދޫއިން ވާހަކަދެއްކި މީހަކު ބުނީ އެ މާވަހަރު ފުރަތަމަ ފެނުނު ކަމަށް ބުނަނީ ހަނިމާދޫ ކައިރި ރިސޯޓެއްގައި އުޅޭ، ހދ. ނައިވާދޫ، އަބްދުލް ޣަފޫރު ކަމަކަށް ކިޔާމީހަކަށް ކަމާށާއި އެނާ ހަނިމާދޫއަށް މާވަހަރު ނެގުމަށްފަހު ހަވާލުކުރީ އެރަށު އެހެން މީހަކަށް ކަމަށެވެ.
އަދި އެނާ ރިސޯޓަށް ގަފޫރު ދިޔައީ އިރުއޮއްސޮމުން އެނބުރި އަންނާނެ ކަމަށް ބުނެފައި ކަމަށާއި ނަމަވެސް ނަމަވެސް އެނާ މާވަހަރު ހަވާލު ކުރިމީހާ ފަހުން އެ މަވާހަރު ގަފޫރަށް ދިނުމަށް އިންކާރުކުރީ ކަމަށެވެ.
ހަނިމާދޫ ކައުންސިލުން ބުނީ މާވަރު އިއްޔެ އެ އަތޮޅު ކުޅުދުއްފުއްޓަށް ގެންގޮސްފައި ކަމަށެވެ.