ދިވެހި ފުލުހުންގެ ޚިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ބޭރުގެ ނަމްބަރުތަކުން ފައިސާ ހޯދަން ގުޅަމުން ދާތީވެ، އެކަމަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ބުނީ ފުލުހުންގެ ލޯގޯ ބޭނުންކޮށްގެން އެކި ފަރާތްތަކަށް ގުޅަމުން ދަނީ ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ. އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަމްބަރަކުން ދިވެހި ފުލުހުން ނުގުޅާނެކަމަށް ފުލުހުން ބުންޏެވެ.

ރާއްޖޭގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަަތައް ވަރަށް ގިނައެވެ. މިގޮތުން ބޭންކާއި އެހެނިހެން މުއައްސަސާގެ ނަން ބޭނުންކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދައެވެ.

މިފަދަ ކަންކަމަށް ސަމާލުވުމަށް ފުލުހުންނާއި ކަމާ ބެހޭ މުއައްސަސާތަކުން އަބަދުވެސް ދަނީ ގޮވާލަމުންނެވެ.