ޓިކްޓޮކްގައި އަންހެނުން ހެދުން އަޅާހެން ހެނދުން އަޅައިގެން ނިވައިކަން ކުޑަ ވީޑިއޯތައް އާންމުކުރަމުންދިޔަ ދިވެހި ފިރިހެނެއްގެ ބަންދަށް މިއަދު 15 ދުވަސް ދީފިއެވެ.

އެ މައްސަލައިގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 39 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރީ އިޖުތިމާއީ މިންގަނޑާ ޚިލާފަށް، އަންހެން ހެދުން އަޅައިގެން މީސްމީޑިއާގައި ވީޑިއޯ އާންމުކުރަމުން ދާތީކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ޓިކްޓޮކްގައި އާންމުވެފައިވާއިރު، މީގެ ކުރިން ވެެސް މިފަދައިން އަންހެން ހެދުން އަޅައިގެން ވީޑިއޯ އާންމުކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފިރިހެނަކު އަންހެން ހެދުން އަޅުމަކީ ދީނީ ގޮތުންނާއި، ގާނޫނީ ގޮތުން ވެސް ކުށެކެވެ.