އެންމެ ބޮޑު ކައިޓް ސާދިން މުބާރާތް ކަމަށްވާ ރެޑްބުލް ވިންޑް ރައިޒާސް އަނެއްކާ ވެސް ރާއްޖޭގައި ބާއްވައިފިއެވެ.

މި މުބާރާތަކީ ފަސް ދުވަހުގެ މުއްދަތަކަށް ބ. ގޮއިދޫގައި ކުރިއަށް ގެންދިޔަ މުބާރާތެކެވެ.

މި މުބާރާތުގެ ތެރެއިން، "ޓްވިން ޓިޕް ރޭސިން" އާއި "ފްރީސްޓައިލް" ގެ ތަފާތު ހަރަކާތްތަކެއް އެއް ތަނެއްގައި ކުރިއަށްދިޔަކަމަށް ރެޑްބުލް މޯލްޑިވްސް އިން ބުނެއެވެ.

އަދި މި މުބާރާތްތަކުން މޮޅުވާ ފަރާތްތަކަށް ޚާއްސަ އިނާމުތަކެއް ކަނޑައެޅިފައިވާ ކަމަށް ވެސް ރެޑްބުލް މޯލްޑިވްސް އިން ބުނެއެވެ.

އަދި މި މުބާރާތުގެ ބައިވެރިން މަސައްކަތް ކުރާނީ ރެޑްބުލްގެ އެތްލީޓު ލޫކަ ޕިޓޯޓްގެ އިރުޝާދުގެ މަތިންކަމަށް ވެސް އެ ކުންފނިން ބުނެއެވެ

މީގެ އިތުރުން މި މުބާރާތުގައި މި ކަމުގެ ހުނަރު ދަސްކުރަން ބޭނުންވާ ފަރާތްތަކަށް ހުނަރު ދަސްކުރުމަށާއި ހުނަރު ހިއްސާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ދިން ކަމަށް ރެޑް ބުލް މޯލްޑިވްސް އިން ބުނެއެވެ.

ރޭސް އަދި ފްރީ ސްޓައިލް ކެޓަގަރީންވެސް މުބާރާތަށް ޕޮއިންޓް ނަގާނެ ކަމަށް ރެޑްބުލް މޯލްޑިވްސް އިން ބުނެއެވެ. އަދި އެންމެ ގިނައިން ޕޮއިންޓް ހޯދާ ފަރާތަކަށް ވިންޑް ރައިޑާ 2024 ގެ ޓައިޓަލް ލިބޭނެ ކަމަށް ރެޑްބުލް އިން ބުނެއެވެ.

މި މުބާރާތް އެންމެ ފުރަތަމަ ރާއްޖޭގައި އޮތީ 2022 ވަނަ އަހަރު ބ. ގޮއިދޫގައެވެ.

2022/2023 ގެ ރެޑްބުލް ވިންޑް ރައިޑާ ގެ ޓައިޓަލް ހާސިލު ކުރި، ހަސަން މާހިރު. ފޮޓޯ: ރެޑް ބުލް މޯލްޑިވެސްރާއްޖޭގައި މިކަމުގެ ހުނަރު ހުރި ކުދިން އެއްތަނަކަށް ގެނެސް އެކުދިންގެ ހުނަރު ދައްކާލުމުގައި ފުރުސަތ ދިން ބައެއްގެ މަގާމުގައި ވޭތުވެ ދިޔަ ދެ އަހަރުވެސް ރެޑް ބުލް މޯލްޑިވްސް ހިމެނިފައިވެއެވެ.

ރެޑްބުލް މޯލްޑިވްސް އިން ބުނި ގޮތުގައި 2022/2023 ގެ ރެޑްބުލް ވިންޑް ރައިޑާ ގެ ޓައިތަލް ހާސިލު ކޮސްފައިވަނީ އުމުރުން އެންމެ 18 އަހަރުގައި ހަސަން މާހިރު (ހަންޓޭ) ކަމަށެވެ.

ރެޑް ބުލް އިން މިހާރު ވަނީ އަންނަ އަހަރު މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވައިލައިފައެވެ. އެގޮތުން ހުނަރު ދައްކާލުމަށް މި އަހަރުގެ ރެޑްބުލް ވިންޑް ރައިޑާގައި ބައިވެރިވުމަށް އެ ކުންފުނިން އެދެއެެވެ.