11 Jun 2012, 05:04
ފްރާންސްކީ ޔޫރޯގެ ފެވަރިޓުން ނޫން ކަމަށް ކޯޗު ލޯރަންޓް ބްލޮންކް ބުނެފި އެވެ.
ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްފައިވާ ކުރީގެ ޑިފެންޑަރު މިހެން ބުނީ މިރޭ އިނގިރޭސިވިލާތާއެކު ކުޅޭ މެޗުގެ ކުރިންނެވެ. ނަމަވެސް އޭނާ ވަނީ އިނގިރޭސިން ބަލިކުރާނެ ކަމަށްބުނެފަ އެވެ.
"މީހުން ދެކެނީ އަހަރުމެންނަކީ ފެވަރިޓުން ކަމަށް. އެކަމަކު ގުރުނެގިއިރު އަހަރުމެން އޮތީ ހަތަރުވަނަ ޕޮޓްގައި. އެހެންވީމަ ފްރާންސަކީ ފެވަރިޓުންނެއްނޫން،" ބްލޮންކް ބުންޏެވެ.
އޭނާ އަދި ބުނީ ސްޕޭނާއި ޖާމަނީ ފަދަ ޓީމުތަކާ އޭނާގެ ޓީމު އެއްގޮތްނޫން ކަމަށެވެ. ނަމަވެސް އޭނާ ބުނީ އިނގިރޭސި ޓީމު ދެކެ ޖެހިލުންނުވާ ކަމަށާއި މޮޅުވެގެން ފައިބާނެ ކަމަށެވެ.