03 May 2024, 23:59
ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރީތިގަސް މަގުގައި ކާރަކާ ވޭނަކާއި އެމްޓީސީސީގެ ބަހެއް ޖެހި މިރޭ އެކްސިޑެއްޓެއް ހިނގައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި އެކްސިޑެންޓެއް ހިނގައިގެން މިރޭ 20:30 ހާއިރު އެ ޚިދުމަތަށް ރިޕޯޓްކޮށްފައިވާ ކަަމަށެވެ.
އެގޮތުން މި އެކްސިޑެންޓުގައި ކާރު ދުއްވި މީހާއަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އޭނާއަށް ހުޅުމާލެ ޓްރީޓޮފް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ސީރިއަސް އަނިޔާއެއް ނުލިބޭ ކަަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ފަހަކަށް އައިސް މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުން މި ވަނީ އާންމުވެފައެވެ. އެގޮތުން ހުޅުމާލެ އަދި މާލެ ގުޅުވައިދޭ ބްރިޖުގައި އެކްސިޑެންޓުތައް ހިނގާ މިންވަރު އިތުރުކަން ފާހަގަކޮށްލެވެއެވެ. މި ފަދަ ހާދިސާތަކުގައި މަދުން ނަމަވެސް މީހުންގެ ފުރާނަ ގެއްލިފައި އެބަހުއްޓެވެ.