10 Jun 2012, 22:16
ގުޅީފަޅުގައި އަލަށް އިމާރާތްކުރާ 240 ފްލެޓުގެ ބިންގާ މިއަދު އަޅައިފި އެވެ.'
ގުޅީފަޅުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފްލެޓުތަކުގައި ބިންގާ އަޅައިދިނީ ފްލެޓް ލިބޭ ބައެއް މީހުންނެވެ.
ގްލޯބަލް ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް(ޖީޕީޑީ) އިން ބުނީ މިއަދު ބިންގާ އެޅި 240 ފްލެޓުގެ ތެރޭގައި ހިމެނެނީ ހަތަރު ކޮޓަރީގެ އެޕާޓުމަންޓާއި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކެވެ. ހަތަރު ކޮޓަރީގެ އެޕާޓްމަންޓުގޮތުގައި ހިމެނެނީ 1200 އަކަފޫޓެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގައި ހިމެނެނީ 600 އަކަފޫޓެވެ.
އަދި ބުނީ މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެފްލެޓްތައް ނިމި އޭގެ ވެރިފަރާތްތަކާ ހަވާލުކުރެވޭނެ ކަމަށެވެ.
މިއަދު އޮތް ރަސްމިއްޔާތުގައި ޖީޕީޑީގެ ވެރިން އިތުރުން ފްލެޓް ގަތުމަށް ހުށަހަޅާފައި ތިބި އާއްމުން ބައިވެރިވި އެވެ.