އުރީދޫ މޯލްޑިވްސްގެ އަތޮޅު ދުވުން ގޭމް ކުޅެގެން މި މަހު ނަސީބުވެރިންނަށް ހޮވޭ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް އުރީދޫއިން ހުށަހަޅައިފިއެވެ.

'އަތޮޅު ދުވުން'އަކީ އޫރީދޫއިން ހުރިހާ އުމުރެއްގެ މީހުންނަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ގޭމެކެވެ.

މި މެއި މަހު އުރީދޫ އަތޮޅު ދުވުން ގޭމުގައި ފެންނަނީ ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލެ އެވެ. ރާއީ މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުން މޭ މަހުގައި މާލޭގައި ދުވެގެން ލީޑާބޯޑުގެ އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ދާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވަނީ ހުށަހަޅާފައެވެ.

މިގޮތުން ނަސީބުވެރި އެއްވަނައަށް ދޭން ހަމަޖެހިފައިވަނީ އުރީދޫގެ ފަރާތުން ޕްލޭސްޓޭޝަން ފައިވް އެކެވެ. އަދި ދެވަނައަށް ހޮވޭ ނަސީބުވެރިޔާއަށް ސޮއްޓިބިޒްގެ ފަރާތުން ގޯޕްރޯ ހީރޯ ބްލެކް މިނީ 11 އެއް ވަނީ ހުށަހަޅާފައެވެ. މިމަހުގެ ތިންވަނައަށް ހޮވޭ ނަސީބުވެރިޔާއަށް ރެޑްވޭވްގެ ފަރާތުން 55 އިންޗީގެ ސްމާޓް ޓީވީއެއް ދޭނެއެވެ.

"އަތޮޅު ދުވުން" ގޭމުގައި 12 ލެވެލް ހިމެނޭއިރު، ކޮންމެ މަހަކު އާލެވެލެއްގައި އާ ރަށަކަށް ދަތުރުކުރެވޭނެއެވެ.

އުރީދޫގެ މިއަހަރުގެ ކަލަންޑަރުގައި ސިއްރު އާޓްވޯކް ހިމެނިފައިވާއިރު، މި އާޓްވޯކް ގޭމްގެ ތެރެއިން ހޯދައިގެން ބޯނަސް ލެވެލްއެއް ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އުރީދޫއިން ބުންޏެވެ.

އަތޮޅު ދުވުން ގޭމަކީ ރާއްޖޭގައި އުފައްދާފައިވާ ފުރަތަމަ "ކެޝުއަލް ރަނާ" ގޭމެވެ. މި ގޭމް ތައްޔާރުކުރީ ލޫޕްކްރާފްޓްގެ ޓީމުންނެވެ.