10 Jun 2012, 16:51
މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރާ ފަނޑިޔާރުން ހުވާ ކުރެއްވުމަށް މިއަދު ނިންމާފައިވަނިކޮށް ސުޕްރީމް ކޯޓުން އަންގައިގެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުން ހުވާ ކުރެއްވުން ފަސްކޮށްފި އެވެ.
ރަށްރަށުގެ ބައެއް މެޖިސްޓްރޭޓް ކޯޓްތަކަށް އައްޔަން ކުރާ ފަނޑިޔާރުން ހުވާ ކުރުވުމުގެ ރަސްމިއްޔާތު މިއަދު 3:45ގައި ބާއްވަން ނިންމާފައިވަނިކޮށް، ސުޕްރީމް ކޯޓުން ޖޭއެސްސީއަށް އަންގާފައި ވަނީ ސުޕްރީމް ކޯޓުން ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފަސްކުރެއްވުމަށެވެ.
ނަމަވެސް ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފަސްކުރަން އެންގީ ކޮން ސަބަބަކާ ގުޅިގެން ކަމަށް ޖޭއެސްސީއަކުން ނުބުނެ އެވެ.
"ސުޕްރީމް ކޯޓުން ބަލަން ޖެހޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ އެ ފަރާތުން މިކަން ފަސްކޮށްދެއްވުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަންގައި ދަންނަވާފައި ވާތީ، އެ ދެންނެވުމާ އެއްގޮތަށް މި ރަސްމިއްޔާތު ފަސްކުރެވިފައިވާ ވާހަކަ ދަންނަވަމެވެ،" ޖޭއެސްސީން މީޑިއާތަކަށް ފޮނުވި ފެކްސްގައި ބުނެފައިވެ އެވެ.