މި މަހު ބޭއްވި ވިހި ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ކެންޕެއިނަށް ހުޅުމާލެގައި ޖެހި ކެންވަސްތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) އަންގައިފިއެވެ.

އެޗްޑީސީން ބުނީ އިންތިޚާބާ ގުޅިގެން ހުރިހާ ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ދިނުމަށް ކެންޕެއިން ބެނާއާއި ކެންވަސްތައް ޖެހުމަށް ހުޅުވާލި ކަމަށެވެ.

އެ ފުރުސަތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ ކެންޑިޑޭޓުން ކެންޕެއިން ބެނާތަކާއި ކެންވަސްތައް ޖެހި ކަމަށް އެޗްޑީސީން ބުނެއެވެ.

ނަމަވެސް، އާއްމު އިންތިޚާބުތަކާ ގުޅިގެން ހުޅުމާލޭ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމަށް ހުއްދަ ދިނަސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން މަގު ބޭނުން ކުރާ އާއްމު ފަރާތްތަކަށް ދަތިކަން ފޯރާ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެހެންވެ، އެޗްޑީސީން ވަނީ އިންތިޚާބުގެ ކެމްޕެއިންއަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް އެއް ހަފުތާ ތެރޭގައި ނަގައިދިނުމަށް އެދިފައެވެ.

އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި މަޖިލިސް އިންތިޚާބަށް، މާލެއާއި ހުޅުމާލޭގެ އެކި ސަރައްހައްދުތަކުގައި ގިނަ އަދަދަކަށް ކެންޕެއިން ބެނާތަކާއި ޕޯސްތަރުތައް ހަރުކުރިއެވެ.