ފިރިހެން ދެ ވަނަ ޑިވިޝަންގެ، 32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗް އެމްއެސް ހެލްޕިން ހޭންޑާއި ވާދަކޮށް 90 ޕޮއިންޓް 43 ޕޮއިންޓުން ޕޮލިސް ކުލަބުން ކާމިޔާބު ކޮށްފި އެވެ.

މުބާރާތުގައި ޕޮލިހުން ކުޅުނު ފުރަތަމަ މެޗުން އެޓީމް މޮޅުވީ ޓީސީ ސްޕޯޓްސް ކުލަބާއި ވާދަކޮށް 81 ޕޮއިންޓް 87 ޕޮއިންޓުންނެވެ.

ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޕޮލިސް ކުލަބަށް 19 ޕޮއިންޓު ކާމިޔާބު ކޮސްދިން އަހުމަދު ފަޒީލެވެ.

މުބާރާތިގައި މިރޭ ބައްދަލުކުރާ ދެޓީމަކީ ދިވެހި ސިފައިންގެ ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ. މެޗް ފަށާގަޑި އަކީ މިރޭ 8:30 ގައެވެ.

ޖުމްލަ ފަސް ޓީމް ވާދަކުރާ މިމުބާރާތުގެ ކުޅުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި އެ ހަތަރު ޓީމުގެ މެދުގައި ސެމީ ފައިނަލްގެ ތިން މެޗެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ