25 Apr 2024, 12:09
މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެ ކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސަގާފަތާ ބެހޭ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ވުޒާރާގެ ފަރާތުން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގެ ތިން ރަށެއްގައި ކަމަށެވެ.
އެ ގޮތުން އަޟްޙާ ޢީދު ފާހަގަކުރާނީ ޕްރޮޕޯޒަލްތައް މިނިސްޓްރީން ބެލުމަށް ފަހު، އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ތިން ރަށުގައި ކަމަށް ބުނެފައިވެއެވެ.
ހެރިޓޭޖް މިނިސްޓްރީން ބުނީ ރަށްރަށުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ އަޟްޙާ ޢީދުގައި އެރަށަކުން ކުޅޭނެ ކުޅިވަރުތަކަށާއި، ކައުންސިލުން ކުރާނެ ޚަރަދުތަކާއި، އަދި އަގެއް ނުނަގައި އެ ރަށަކުން ކޮށްދޭނެ ކަންތައްތަކުގެ މައްޗަށް ބަލައިގެން ކަމަށެވެ.
އެއްވެސް ރަށަކުން މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންވާނަމަ، އެ ރަށްރަށުން ޕްރޮޕޯޒަލް ތައްޔާރު ކުރުމަށްފަހު، އަންނަ މަހުގެ ނުވަ ވަނަ ދުވަހުގެ 13:00 ގެ ކުރިން ހެރިޓޭޖް މިނިސްޓްރީއަށް ޕްރޮޕޯޒަލް އީމެއިލް ކުރުމަށް އެ ވުޒާރާއިން އެދެއެވެ.
ޕްރޮފޯޒަލްގައި ހިމަނަން ޖެހޭ މައިގަނޑު ބައިތައްހިމެނޭ ލިޔުމަކާއި، އަޟްޙާ ޢީދު ފާހަގަކުރާ ރަށެއް ކަނޑައެޅުމާބެހޭޕްރޮޕޯޒަލްއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތައްހިމެނޭ ލިޔުމެއް ވެސް ހެރިޓޭޖް މިނިސްޓްރީން ވަނީ އާންމުކޮށްފައެވެ.