ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޝަހީދު އިބްރާހީމް އައްޔަންކޮށްފިއެވެ.

އޭނާ މި މަގާމަށް އައްޔަންކޮށްފައިވަނީ އިއްޔެއެވެ.

ޝަހީދު އިބްރާހީމް ކުރިން މަސައްކަތް ކުރެއްވީ އެމްއެންޑީއެފްގައެވެ. އޭގެ ފަހުން އޭނާ ވަނީ ޕީއެންސީގެ ސެނެޓުގެ ކައުންސިލް މެމްބަރެއްގެ މަގާމު އަދާކުރައްވާފައެވެ.

ވެމްކޯގައި މިހާރު ވެސް އިތުރު ޑީއެމްޑީއެއް ހުރެއެވެ. އެއީ، ކުރީގެ މަޖިލިސް މެންބަރު މުހައްމަދު އަބްދުލް ކަރީމެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ، މުޖުތަބާ ޖަލީލެވެ.