ސުޕްރީމް ކޯޓުގައި މީގެކުރިން ފަނޑިޔާރުކަން ކުރެއްވޮ އަބްދުﷲ ދީދީ ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށް އައްޔަންކުރައްވައިފިއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އަބްދުﷲ ދީދީ އައްޔަންކުރައްވައިފައިވަނީ ރައީސް އޮފީހުގެ ލީގަލް އެފެއާޒް ސްޓޭޓް މިނިސްޓަރުކަމަށެވެ.

އަބްދުﷲ ދީދީއަކީ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވިއިރު، އޭނާ މަގާމުން ވަކިކުރީ އޭނާއާމެދު ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖޭއެސްސީގެ މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ 2019ވަނަ އަހަރުގެ އޯގަސްޓު 28ވަނަ ދުވަހެވެ.

ރައީސް އޮފީހުގައި ލީގަލް އެފެއާޒްގެ މިނިސްޓަރުކަމުގައި ހުންނެވީ އަހްމަދު ހިޝާމް ވަޖީހެވެ.