09 Jun 2012, 03:34
ރަޝިޔާއަކީ ހުރިހާ ގޮތަކުން ވެސް ޗެކްރިޕަބަލިކަށްވުރެ މޮޅު ޓީމެއްކަން އެ ގައުމުން ސާބިތުކޮށްދީފި ކަމަށް ޗެކް ރިޕްބަލިކްގެ ކޯޗު ބުނެވި އެވެ.
އޭނާ މިހެން ބުނީ ޔޫރޯގައި ކުޅުނު ފުރަތަަމަ މެޗުގައި 4-1 އިން ރަޝިޔާއަތުން ބަލިވުމުންނެވެ. މި މެޗުހައި ރަޝިޔާގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ ޒަގޮއޭވް އެވެ. އަނެއް ދެ ގޯލު ޖެހީ ޝިރޮކޯވް އާއި ޕައުލޮޗެންކޯ އެވެ. ޗެކް ޓީމުގެ ގޯލު ޖެހީ ރަޝިޔާ ދެ ލަނޑު ޖެހި ފަހުން ޕިލާރެވެ.
މެޗަށް ފަހު ޕައުލޮޗެންކޯ ބުނީ މިހިސާބުން ޓާގެޓް ހާސިލް ނުވާ ކަމަށާއި މިހެންވެ މި ންތީޖާ ހަނދާން ނައްތާލައި ޕޮލެންޑް މެޗަށް ތައްޔާރުވާން ޖެހިފައިވާ ކަމަށެވެ. އަދި އެ މެޗަކީ ހުރިހާ ގޮތަކުން ވެސް ވަރުގަދަ މެޗަކަށްވާނެ ކަމަށެވެ.
ރަޝިޔާގެ ކޯޗު ހޮލެންޑްގެ ޑިކް އެޑްވޮކާޓް ބުނީ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށާއި ޕޮލެންޑް މެޗަކި މިއަށްވުރެ ވަރުގަދަ މެޗަކަށްވާނެ ކަމަށެވެ.
ޗެކް ޓީމުގެ ކޯޗު މައިކަލް ބިލެޗް ބުނީ ރަޝިޔާގެ ކޮންބިނޭޝަަން ރަނގަޅުވުމުން އޭނާގެ ޓީމަށް ގޯސް ހެދުނީ ކަމަށެވެ. އަދި ރަޝިޔާގެ ވަރަށް މެޗު އޭނާ ބެލި ކަމަށާއި ޓެކްނިކަލީ އެއީ މޮޅުބައެއްކަން ސާބިތުކޮށްދީފި ކަމަށެވެ.