09 Jun 2012, 03:06
ޕޮލެންޑްގެ ޒުވާން ފޯވަޑް ރޮބަޓް ލެވޮންޑްވްސްކީ ކުރިއަށް އޮތް ސީޒަނުގައި ފެންނާނީ މެންޗެސްޓާ ޔުނައިއިޓެޑުން ކަމަށް ކޯޗު ސްމޫދާ ބުނެފި އެވެ.
ލެވޮންޑްވްސްކީ، 23 އަކީ ރޭ ފެށި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ލަނޑު ގްރީސް ކޮޅަށް ޖަހައިދިން ކުޅުންތެރިޔާ އެވެ. އަދި މެޗުގެ މޭން އޮފްދަ މެޗެވެ. އޭނާ ރޭ ޖެހި ގޯލަކީ ޔޫރޯ ފަށަން ކުޅުނު މެޗުތަކުގައި ޖެހި ތިން ވަނަ އަށް އެންމެ އަވަސް ގޯލެވެ.
ޕޮލެންޑްގެ ކޯޗު ބުނީ ނިމިދިޔަ ސީޒަނުގައި ބްރޫޝިޔާ ޑޯޑްމުންޑަށް ގިނަ ގޯލުތަކެއް ޖަހައިދިން ކުޅުންތެރިޔާ ގަތުމަށް މެންޗެސްޓާއިން ބިޑްކޮށްފައިވާ ކަމަށެވެ. އޭނާ އަށް 17 މިލިއަން ޕައުންޑް ކޯޗު އެެލެކްސް ފާގަސަން ހުށަހެޅި ޖާމަން ކަޕުގެ ފައިނަލުގައި ޑޯޑްމުންޑަށް އޭނާ ހެޓްރިކް ހަދައިދިން މެޗު ބެލުމަށްފަހު އެވެ.
ޔޫރޯގެ ކުރިން ފާގަސަން އޭނާ އަށް ބިޑްކުރީ މުބާރާތަށް ފަހު ކުޅުންތެރިޔާގެ އަގު މައްޗަށް ހިނގައިދާނެތީ އެވެ. ލެވޮންޑްވްސްކީ އަކީ އިނގިރޭސި ގިނަ ކުލަބުތަކަކުން ޝައުގުވެރިވާ ކުޅުންތެރިއެކެވެ.