08 Jun 2012, 21:31
މަސްތުވާތަކެތި ކަމަށް ޝައްކުވާ 62 ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން އެ މީހާ ހައްޔަރުކޮށްފައި ވަނީ މއ. ތަނބުރުމާގޭ ކޮޓަރިއެއްގެ ތެރެއިންނެވެ. ނަމަވެސް އެމީހާއާ ބެހޭ އެއްވެސް ތަފުސީލެއް ނުދެ އެވެ. ބުނީ އެ މީހާ ހައްޔަރު ކުރީގެ ރޭގެވަގުތެއްގައި ކަމަށާއި އެއީ 28 އަހަރުގެ މީހެއް ކަމަށެވެ.
އިންޓެލިޖެންސް އޮޕަރޭޝަނެއްގައި ރޭ އިރާކޮޅު ފުލުހުން ދިއުމުން އެ މީހާ ކޮޓަރީގެ ކުޑަދޮރުން މަގުމައްޗަށް ރަބަރު ޕެކެޓްތަކެއް އެއްލާލި ކަމަށާއި ފުލުހުން އެ ޕެކެޓް ބަލައި ފާސްކުރި އިރު އޭގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ބެލެވޭ 62 ރަބަރު ޕެކެޓް އޮތް ކަމަށް ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބަލަމުންނެވެ.