18 Apr 2024, 19:25
ފިނޭންސް މިނިސްޓްރީގެ ހަތްވަނަ ޑެޕިއުޓީ މިނިސްޓަރެއްގެ ގޮތުގައި އައިޝަތު އުމައިމާ މިއަދު އައްޔަންކުރައްވައިފިއެވެ.
އެ މަގާމަަށް އުމައިމާ އައްޔަންކުރެއްވުމާއެކު ފިނޭންސް މިނިސްޓްރީން ވަނީ އޭނާ އަށް މަރުހަބާ ކިޔައިފައެވެ.
އުމައިމާގެ އިތުރުން އެ މިނިސްޓްރީގައި ތިބޭ ޑެޕިއުޓީ މިނިސްޓަރުންނަކީ:
އަޙްމަދު ސާއިދު މުޞްތަފާ
- އަޙްމަދު އައިމަން
- ޙަސަން މިރާސް
- މުޙައްމަދު އަނަސް
- އަޙްމަދު އަޖުވަދު
- އަޠުހަރު އިންރާހީމް ރަޝީދު
މީގެއިތުރުން، އެ މިނިސްޓްރީގެ މިނިސްޓަރުގެ އިތުރުން، މިނިސްޓަރު ފެންވަރުގައި ދެ އެޑްވައިޒަރުންނާއި ހަތަރު ސްޓޭޓް މިނިސްޓްރީ މިހާރު އެ މިނިސްޓްރީގައި ތިބޭނެއެވެ.
އެހެން ސަރުކާރުތަކާ އަޅާބަލާއިރު މި ސަރުކާރަށް ޑެޕިއުޓީ މިނިސްޓަރު އައްޔަންކޮށްފައިވާ އަދަދު އިތުރެވެ. އެގޮތުން 91 ސްޓޭޓު މިނިސްޓަރުންނާއި 163 ޑެޕިއުޓީ މިނިސްޓަރުން ސަރުކާރުން ވަނީ އައްޔަނުކޮށްފިއެވެ.