10 Apr 2024, 15:12
އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި މިލްވައުކީ ބަކްސް އާއި ބޮސްޓަން ސެލްޓިކްސް ބައްދަލުކުރި މެޗު ބަކްސްއިން ކާމިޔާބު ކޮށްފިއެވެ.
ބަކްސްގެ ކޯޓުގައި ކުޅުނު މި މެޗު އެ ޓީމު ކާމިޔާބު ކޮށްފައިވަނީ 104 ޕޮއިންޓް 91 ޕޮއިންޓުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ބަކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ޕެޓްރިކް ބެވާލީއެވެ. އަދި ސެލްޓިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ ފަސް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޖޭސަން ޓެޓުމްއެވެ.
މި މުބާރާތުގައި ގޯލްޑަން ސްޓޭޓް ވޮރިއާސް އާއި ލޮސް އެންޖަލްސް ލޭކާސް ބައްދަލުކުރި މެޗު 134 ޕޮއިންޓް 120 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ވޮރިއާސްއެވެ.
މި މެޗުގައި ވޮރިއާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން ސްޓެފަން ކަރީއެވެ. އަދި ލޭކާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 33 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގައިދީ 11 އެސިސްޓް ދިން ލެބްރޮން ޖޭމްސްއެވެ.
މީގެ އިތުރުން މިނެސޯޓާ ޓިމްބާވުލްވްސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 130 ޕޮއިންޓް 121 ޕޮއިންޓުން ކާމިޔާބު ކުރީ ޓިމްބާވުލްވްސްއެވެ. މި މެޗުގައި ވުލްވްސްގެ އެންތަނީ އެޑްވާޑްސްވަނީ 51 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ހަތް އެސިސްޓް ކޮށްފައެވެ. އަދި ވިޒަޑްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 24 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ޖޯޑަން ޕޫލްއެވެ.
މި މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު އިންޑިއާނާ ޕޭސާސް އާއި ޓޮރޮންޓޯ ރެޕްޓާސް ބައްދަލުކުރި މެޗު 140 ޕޮއިންޓް 123 ޕޮއިންޓުން ޕޭސާސް ކާމިޔާބު ކޮށްފައިވާއިރު ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް އާއި ޑެޓްރޮއިޓް ޕިސްޓަންސް ބައްދަލުކުރި މެޗު 120 ޕޮއިންޓް 102 ޕޮއިންޓުން ކާމިޔާބު ކުރީ ސިކްސާސްއެވެ.
ޑެލަސް މެވްރިކްސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރި މެޗު 130 ޕޮއިންޓް 104 ޕޮއިންޓުން މެވްރިކްސް ކާމިޔާބު ކުރިއިރު މައޭމީ ހީޓް އާއި އެޓްލާންޓާ ހޯކްސް ބައްދަލުކުރި މެޗު 117 ޕޮއިންޓް 111 ޕޮއިންޓުން ކާމިޔާބު ކުރީ ހީޓްއެވެ. ސެން އެންޓޯނިއޯ ސްޕާސް އާއި މެމްފިސް ގްރިޒްލީސް ބައްދަލުކުރި މެޗު 102 ޕޮއިންޓް 87 ޕޮއިންޓުން ސްޕާސް ކާމިޔާބު ކުރިއިރު ހިއުސްޓަން ރޮކެޓްސް އާއި އޯލާންޑޯ މެޖިކް ބައްދަލުކުރި މެޗު 118 ޕޮއިންޓް 106 ޕޮއިންޓުން ކާމިޔާބު ކުރީ ރޮކެޓްސްއެވެ.
މީގެއިތުރުން ނިއުޔޯކް ނިކްސް އާއި ޝިކާގޯ ބުލްސް ބައްދަލުކުރި މެޗު 128 ޕޮއިންޓް 117 ޕޮއިންޓުން ނިކްސް ކާމިޔާބު ކޮށްފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 111 ޕޮއިންޓް 95 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ނަގެޓްސްއެވެ. އަދި ނިއުއޯލިއަންސް ޕެލިކަންސްއާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒާސް ބައްދަލުކުރި މެޗު 110 ޕޮއިންޓް 100 ޕޮއިންޓުން ޕެލިކަންސް ކާމިޔާބު ކޮށްފައިވާއިރު ލޮސް އެންޖަލިސް ކްލިޕާސް އާއި ފީނިކްސް ސަންސް ބައްދަލުކުރި މެޗު 105 ޕޮއިންޓް 92 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ކްލިޕާސްއެވެ.