07 Jun 2012, 09:43
ރިސޯޓެއްގެ ގޮތުގައި ނ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރަންދެލިން 50،000 ޑޮލަރާއި އާއި އެއްލައްކަ ރުފިޔާއާ އެކު ގެއްލުނު ތިޖޫރީ ފުލުހުން ހޯދައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ ރަންދެލިން ގެއްލުނު ތިޖޫރީ ހޯދާފައި ވަނީ އިއްޔެ 9:30 އިން ފެށިގެން އެ ރަށަށް ގޮސް ފުލުހުން ކުރި މަސައްކަތުން ރޭ ފަތިހު 4:40 އެހާކަންހާއިރު އެ ރަށުތެރޭގައި ހުރި ލަކުޑިތަކެއްގެ ތެރެއަށްލާ ފޮރުވާފައި ވަނިކޮށް ކަމަށެވެ. އަދި ތިޖޫރި ހޯދި އިރު އެއޭގައި ހުރި ހުރިހާ ފައިސާ ވެސް ހުރި ކަމަށް ފުލުހުން ބުންޏެވެ.
"ތިޖޫރި ފެނިފައި ވަނީ ރޭ ފަތިހު 4:40 އެހާކަންހާއިރު އެ ރަށުތެރޭގައި ހުރި ލަކުޑިތަކެއްގެ ތެރެއަށްލާ ފޮރުވާފައި ވަނިކޮށް،" ހަނީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން މިހާތަނަށް އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އިތުރު ތިން މީހަކު ހައްޔަރު ކުރުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުން ގެންދާ ކަމަށެވެ. ރަންދެއްޔަކީ ބަލްގޭރިޔާ ބަޔަކު ހަދަމުން އަންނަ ރިސޯޓެކެވެ.