10:40


މާލެތެރޭގައި މަސްތުވާތަކެތި ޑިސްޓްރިބިއުޓް ކުރަން އުޅުނު 22 މީހަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު އިއްޔެ ވިދާޅުވީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ބްލެޓް ސައިޒުގެ ފަސް ޕެކެޓް އަތުލައިގެންފައިވާ ކަމަށެވެ. އަދި އެތަކެތި އަތުލައިގެންފައި ވަނީ މާލެތެރޭގައި އެތަކެތި ޑިސްޓްރިބިއުޓް ކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ކަމަށާއި އެ މައްސަލާގައި 22 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން ފުލުހުން މިހާތަނަށް ހިންގާފައިވާ ތަފާތު އެކި އޮޕަރޭޝަންތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ މަސްތުވާތަކެއްޗާއި ބަނގުރަލުގެ މަގުމަތީ އަގު އެއްލަކަ ރުފިޔާއަށްވުރެ މައްޗަށް އަރާ ކަމަށް ވެސް ފުލުހުން ބުންޏެވެ.