އޭވިއޭޝަންގެ ސެކިއުރިޓީ ކޮމާންޑަށް 55 އޮފިސަރުން ހޯދުމަށް ޑިފެންސް މިނިސްޓަރީ އިން އިއުލާންކޮށްފިއެވެ.

މި މަގާމަށް މި މަހުގެ 18 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ.

މަޤާމުގެ ޝަރުތުތައް:

  • ސާނަވީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުން "ދިވެހި" މާއްދާއިން ދަށްވެގެން 'ސީ' ފާސް ލިބިފައިވުން.

ނުވަތަ

  • ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސަނަދެއް ޙާޞިލްކޮށްފައިވުން. (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޭސިކް ޓްރެއިނިން ހަދައިފައިވާ ކަމުގެ ލިޔުމެއް ހުށަހެޅުމުން، ލެވެލް ތިނެއްގެ ސަނަދެއް ގޮތުގައި ބެލެވޭނެއެވެ.)

އޭވިއޭޝަން ސެކިއުރިޓީ އޮފިސަރެއްގެ ކިބައިގައި ހުންނަންވާ އެހެނިހެން ސިފަތަކުގެ ތެރޭގައި 18 އަހަރު ފުރި 35 އަހަރު ނުފުރޭ ދިވެހި ރައްޔިތެއްކަމުގައި ވުމާއި، އިސްކޮޅުގައި ފަސް ފޫޓު ހުރުން ހިމެނެއެވެ. އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މަސްޢޫލިއްޔަތު އަދާކުރެވޭފަދަ ފުރިހަމަ ސިއްޙަތެއްގައި ހުރިކަން ސާބިތުކުރަން ޖެހެއެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ ފަރާތްތައް ޝޯޓްލިސްޓު ކުރެވޭނެއެވެ.

ވަޒީފާއަށް ގުޅޭ އިތުރު ތަފްސީލު ދިވެހި ސަރުކާރުގެގެޒެޓްއިން ލިބެން ހުންނާނެއެވެ.