06 Jun 2012, 17:47
ރިސޯޓެއްގެ ގޮތުގައި ނ. އަތޮޅުގައި ތަރައްގީ ކުރަމުން އަންނަ ރަންދެލި ރިސޯޓުގެ ތިޖޫރީ 50،000 ޑޮލަރާއި އެއްލައްކަ އަށް ވުރެ ގިނަ ރުފިޔާ އާ އެކު ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ބަލްގޭރިޔާ ބަޔަކު ހަދަމުން އަންނަ ރަންދެލި ރިސޯޓުން ތިޖޫރީއެއް ގެއްލިގެން މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި މިހާރު ފުލުހުންގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް ގެއްލިގެން އުޅޭ ތިޖޫރީއަކީ އެ ރަށުގެ ކޮންތަނެއްގައި ބަހައްޓާފައި ހުރި ތިޖޫރީއެއް ކަމެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އޮފިޝަލް ވިދާޅުވީ ތިޖޫރީގައި 100،000ރ. 50،000 ޑޮލަރު ހުރި ކަމަށް އެ ރަށުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ރިސޯޓްގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.