06 Jun 2012, 16:06
ވަޒީފާ އާއި އުނގެނުމުގެ ފުރުސަތުތައް ހިމަނާފައިވާ "ކިިއްސަރު" ފެއާ އދ. މަހިބަދޫގައި ފަށައިގެން ކުރިޔަށް އެބަދެ އެވެ. އެ ރަށުގައި ފެއާ ފެށީ އިއްޔެ ހަވީރު އެވެ. ފެއާ ހުޅުއްވައިދެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫން އަބްދުލް ގައްޔޫމެވެ.
މަހިބަދޫގައި ފެއާ ބޭއްވީ އެ އަތޮޅުގެ ޒުވާނުންނަށް ރާއްޖެއާއި ރާއްޖޭން ބޭރުން ލިބެން ހުރި ވަޒީފާތަކާއި މަތީ ތައުލީމުގެ ފުރުސަތުތައް އަންގައި ދިނުމަށެވެ. ކިއްސަރު ފެއާއަކީ 1999 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ފެއާއެކެވެ.
އަދި ބުނީ އދ. އަތޮޅުގެ ޒުވާނުންނަށް ރަށާއި އެންމެ ކައިރީގައިވާ ރިޒޯޓްތަކުގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ފޯރުކޮށްދީ ވަޒީފާގެ ފުރުސަތުތައް ހުރިގޮތް އަންގައި ދިނުމަކީ ވެސް އެފެއާ އެ އަތޮޅުގައި ބޭއްވި އެއް މަގުސަދެއް ކަމަށެވެ.
އދ. އަތޮޅުގެ ހުރިހާ ރަށެއްގެ ޒުވާނުންނާއި ސްކޫލް ކުދިންނަށް އަމާޒުކޮށް މާދަމާމާގެ ނިޔަލަށް ކުރިޔަށްގެންދާ ފެއާ އަށް ޒިޔާރަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެމްޓީސީސީ ފެރީ އަދި ސަން އައިލެންޑް ރިޒޯޓާއި ހޮލިޑޭ އައިލެންޑް ރިޒޯޓާއި ވަކަރުފަޅި ރިޒޯޓުން ވަނީ ފޯރުކޮށްދީފަ އެވެ.
ކިއްސަރު ފެއާއަށް 2000 އަށް ވުރެ ގިނަ ޒުވާނުން ޒިޔާރަތްކުރާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.