އިޓާލިއަން ސެރީއާގައި އޭސީ މިލާން އާއި ފިއޮރެންޓީނާ ބައްދަލުކުރި މެޗު މިލާނުން ކާމިޔާބު ކޮށްފިއެވެ.

ފިއޮރެންޓީނާގެ ދަނޑުގައި ކުޅުނު މި މެޗު މިލާނުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މި މެޗުގައި ގިނައިރު މިލާނުން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ފިއޮރެންޓީނާއިންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ފުރުސަތު ދެ ޓީމަށް ލިބުނު ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ނަމަވެސް ފުރަތަމަ ހާފާ ޚިލާފަށް ދެވަނަ ހާފުގެ ކުރީކޮޅުވަނީ ތިން ލަނޑު ފެނިފައެވެ.

މިގޮތުން މެޗުގެ ފުރަތަމަ ލަނޑު ޖަހާ މެޗުގެ ލީޑު މިލާނުން ނަގާފައިވަނީ މެޗުގެ 47 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ރުބެން ލޮފްޓަސް ޗީކްއެވެ. މިއީ އޭނާ މި ސީޒަންގައި މިލާނަށް ކާމިޔަބު ކޮށްދިން 10 ވަނަ ލަނޑެވެ.

މި ލަނޑު މިލާނުން ކާމިޔާބުކޮށް ލީޑު ނެގިތާ ތިން މިނެޓް ފަހުން ފިއޮރެންޓީނާއިންވަނީ އަލްފުރެޑް ޑުންކާން ޖަހައިދިން ލަނޑުން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އަދި މިމެޗުން މިލާން މޮޅުވި ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދިން ރަފައެލް ލިއާއޯއެވެ.

މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ ކުޅުނު 30 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކު ތާވަލްގެ ދެވަަނައިގައެވެ. މި ހަފުތާގައި އިންޓާ ކުޅޭ މެޗު ކާމިޔާބު ކޮށްފިނަމަ މި ތަފާތު އަނެއްކާ 14 ޕޮއިންޓަށް އިތުރު ވެގެންދިމުގެ ފުރުސަތު އެބައޮތެވެ.