06 Jun 2012, 13:52
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަބިކަނބަލުން ކޮމަންވެލްތްގެ އެންމެ އިސްވެރިޔާ، އިނގިރޭސި ރާނީ އެލިޒެބަތު ދޭއްގެ ރަނިކަމުގެ އަލިމަސް ޔޫބީލް މުނާސަބަތާ ގުޅިގެން ބާއްވާ ހާއްސަ ރަސްމިއްޔާތުތަކުގައި ބައިވެރިވެވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ އިނގިރޭސިވިލާތުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ފޮރިން އެންޑް ކޮމަންވެލްތް އެފެއާޒް، ރައިޓް އޮނަރަބަލް ވިލިއަމް ހެއިގް، ޤައުމުތަކުގެ އިސްވެރިންނަށް އިއްޔެ ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެ ވަޑައިގެންފަ އެވެ. އަދި އެ ފަރިއްކޮޅުގައި، ރާއްޖޭގެ މިހާރުގެ ޙާލަތާ ގުޅޭގޮތުން، އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާ ކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާނީ އެލިޒަބަތު ދޭއްގެ ރަނިކަމުގެ އަލިމަސް ޔޫބީލް މުނާސަބަތާ ގުޅިގެން، ކޮމަންވެލްތްގެ ސެކްރެޓަރީ ޖެނެރަލް ކަމަލޭޝް ޝަރްމާ މިއަދު ދެއްވާ ޚާއްސަ ފަރިއްކޮޅެއްގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.