06 Jun 2012, 13:45
ހުކުރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ޗެމްޕިއަން ސްޕޭނުގެ ކުޅުންތެރިންނަށް ޓުވިޓާ އާއި ފޭސްބުކް ބޭނުންކުރުން މަނާކޮށްފި އެވެ.
ސްޕޭނުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނީ ސޯޝަލް މީޑިޔާގެ އެންމެ ނުފޫޒުގަދަ ދެ ވަސީލަތް ބޭނުންކުރުން މަނާކުރީ ކުޅުންތެރިން 100 ޕަސެންޓް މުބާރާތަށް ކޮންސަންޓްރޭޓް ކުރުވުމަށް ކަމަށެވެ. މިއީ އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕް ހޯދި އިރު ވެސް ސްޕޭނުން އަމަލުކޮށްފައިވާ ގޮތެވެ.
ފޭސްބުކާއި ޓުވިޓާ މަނާކޮށްފައިވާ އަނެއް ގައުމަކީ ޑެންމާކެވެ.
ނަމަވެސް އިނގިރޭސި ކުޅުންތެރިންނަށް ޓުވިޓާ އާއި ފޭސްބުކް ބޭނުންކުރެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް އެއީ ވަކި ހުދޫދެއްގެ ތެރޭގަ އެވެ.
އިނގިރޭސިންނަށް މިދެކަންތައް ހުއްދަކުރީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުޅުންތެރިންގެ ކިބައިން ނުނެގުމަށް އެގައުމުގެ މީޑިޔާއިން ބާރު އަޅަން ފެށުމުންނެވެ.