06 Jun 2012, 13:33
ވޮލީބޯލް އެސޯސިއޭޝަންކަޕް ސޯސަން ސްޓޯރުގެ "ޕަސްކޯލް ޔޯގަޓް" އިން ސްޕޮންސާ ކޮށްފި އެވެ.
މި މަހުގެ 24 ވަނަ ދުވަހު ފަށާ މުބާރާތް ސްޕޮންސާ ކުރުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގެ ސެމިނާ ޒޫމްގައި އިއްޔެ އޮތް ރަސްމިއްޔާތުގައި، ވޮލީބޯލް އެސޯސިއޭޝަންގެ ފަރާތުން އެ ސްޕޮންސާ އެގްރިމަންޓުގައި ސޮއިކުރީ އެ އެސޯސިއޭޝަންގެ ރައީސް ރިޔާޒެވެ. އަދި ސޯސަން ސްޓޯރުގެ ފަރާތުން ސޮއިކުރީ ޑިރެކްޓާ އަބްދުލް ހަމީދު މުހައްމަދެވެ.
ވޮލީބޯލް އެސޯސިއޭޝަނުން މައުލޫމާތު ދޭގޮތުގައި މިފަހަރުގެ މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ނައްތައް ކުރިއަށް މިއޮތް ދެ ދުވަހެއްގެ ތެރޭގައި ފައިންލަ ކުރާނެ ކަމަށާއި އެއަށް ފަހު ޓީމްތަކުގެ ނަންތައް އިއުލާން ކުރާނެ ކަމަށެވެ. އަދި މުބާރާތުގައި އަންހެން ފިރިހެން ޓީމްތައް ހިމެނޭ ކަމަށް ވެސް ވޮލީބޯލް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.