ފިރިހެން ދެ ވަނަ ޑިވިޝަންގެ ފަސް ޓީމާ އެކު، 32 ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތް އިއްޔެ ފެށިއިރު، ވެލެންސިއާއާ ވާދަކޮށް 71 ޕޮއިންޓު 66 ޕޮއިންޓުން މުބާރާތުގެ ފުރަތަމަ މެޗް ދިވެހި ސިފައިންގެ ކުލަބުން ކާމިޔާބު ކޮށްފިއެވެ.

މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާގަމަ ހޮވުނީ ސިފައިންގެ ކުލަބަށް 19 ޕޮއިންޓު ހޯދަދިން މުހައްމަދު މަހުދީއެވެ.

މުބާރާތުގައި މިރޭ ބައްދަކުރާ ދެޓީމަކީ ކުލަބް ޓީސީއާއި ޕޮލިސް ކުލަބެވެ. މެޗު ފެށުމަށް ހަ،ަޖެހިފައި ވަނީ މިރޭ 8:30 ގައެވެ.

މުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ދިވެހި ސިފައިންގެ ކުލަބާއި ކުލަބް ވެލެންސިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބާއި ޕޮލިސް ކުލަބް އަދި އެމްއެސް ހެލްޕިން ހޭންޑެވެ.

ބާސްކެޓް އެސޯސިއޭޝަނުން ބުނީ، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެ މީފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި އެ ހަތަރު ޓީމުގެ މެދުގައި ސެމީ ފައިނަލްގެ ތިން މެޗެއް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ.


މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ.