06 Jun 2012, 11:07
އިރުގައި ޖެހިފައިވާ ކަޅު ލަކެއް ފަދައިން ވީނަސް ތަރި މިޖީލުގެ އެއްވެސް މީހަކަށް މިއަދު އެމަންޒަރު ނުބަލައިފި ނަމަ ދެން ނުފެންނާނެ ކަަމަށް ފަލަކީ އިލްމުވެރިން ބުނެ އެވެ.
އެމެރިކާއާއި ދެކުނު ކޮރެއާ މީހުންގެ ލޯތައް އިއްޔެ އިރާ ދިމާއަށް އަމާޒުކުރި އިރު އިރު ހުރަސްކޮށް ވީނަސް ދަތުރުކުރި މަންޒަރު ބަލަން އޭޝިއާގެ ގިނަ ގައުމުތަކުގެ މީހުން މިއަދު ހެނދުނު ވަނީ މަސައްކަތް ފަށާފަ އެވެ. އެ މަންޒަރަކީ މީގެ ފަހުން އެންމެ އަވަހަށް ވެސް 105 އަހަރު ފަހުން ނޫނީ ނުފެންނާނެ މަންޒަރެކެވެ.
"ސިންޑީ ކްރޮފޯޑްސްގެ މޫނުގައި ހުންނަ ކަޅުތިލަ ފެންނަންޏާ ކަލެއަށް ވީނަސް ފެންނާނެ،" މައުންޓް ހޮލީވުޑްގައި ބަހައްޓާފައިވާ ޓެލެސްކޯޕްގެ ކައިރިއަށް ހުއްޓޭ ކޮންމެ މީހަކު ކައިރީ، ލޮސް އެންޖަލިސް އެސްޓްރޮނޮމިކަލް ސޮސައިޓީގެ ވޭން ވެބްސްޓާ ބުނަމުން ދިޔަ އެވެ.
އިރު ހުރަސްކޮށް ވީނަސް ދަތުކުރި ކުރުމަކީ އެސްޓްރޮނޮމާއިން (ނުޖޫމީ އިލްމުވެރިން)ގެ ނަށް ހަމައެކަނި ޕްލެނެޓްތަކުން މަދުން ނޫނީ ނުފެންނަ ކަމެއް ފެނުމެއް ނޫނެވެ. ނަމަވެސް އެއީ ކާއިނާތާ މެދުގައި މީހުންގެ ސަމާލުކަން ހޯދުމުގެ ފުރުސަތެއް ކަމުގައި ވެސް އެމީހުން ދެކެ އެވެ.
ކޮރެއާ އިންސްޓްޓިއުޓް އޮފް އެސްޓްރޮނޮމީ އެންޑް ސްޕޭސް ސައިންސް އިންސްޓްޓިއުޓްގެ ރިސާޗާ އަލް ހަމް ޗިން ބުނީ މިއީ ހަމައެކަނި ދިރިއުޅުމުގައިވާ ކުދިކުދި މައްސަލަތަކާ މެދު މީހުން ވިސްނާ ހަނި ވިސްނުމަށް ވުރެ ފުޅާދާއިރާއެއްގައި ދިރިއުޅުމާ މެދު ވިސްނާލުމަށް ލިބޭ ފުރުސަތެއް ކަމަށެވެ.
"ކާއިނާތުގެ ނިސްބަތުގައި 105 އަހަރަކީ ވަރަށް ކުރު މުއްދަތެއް، އަދި ބިމަކީ އެކާއިނާތުގައިވާ ނޫކުލައިގެ ކުޑަކުޑަ ތިއްކެއް، " އޭނާ ބުންޏެވެ.
އިރު ހުރަސްކޮށް ވީނަސް ދަތުކުރާ މަންޒަރު އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ފޮޓޯ ނަގައި ރައްކާކުރުމުގެ މަސައްކަތް ކުރަމުުން ދިޔައި އިރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ހުރި އެމެރިކާގެ އެސްޓްރޮނޯޓް ޑޮން ޕެޓިޓް މަަސައްކަތް ކުރަމުން ދިޔައީ މަންޒަރު ފޮޓޯ ނަގައި އިންޓަނެޓްގައި ޝާއިއުކުރުމަށެވެ.
ދާއިރާގެ މާހިރުން އެފަދަ ގޮތަކަށް މަސައްކަތް ކުރަމުން ދިޔައިރު މަންޒަރު ބަލަން ބޭނުންވާ އާއްމުންނަށް އިރުޝާދު ދީފައި ވަނީ އެކަމަށް ހާއްސަކޮށްފައިވާ ޓެލެކެސްކޯޕެއް ނުވަތަ އިރު ކޭތަ ހިފާ މަންޒަރު ބެލުމަށް ތައްޔާރުކޮށްފައި ހުންނަ އައިނު ފަދަ ވަސީލަތެއް ބޭނުން ނުކޮށް އިރާދިމާއަށް ނުބެލުމަށެވެ. އެއީ އެކަމުގެ ސަބަނުން ލޮލަށް ބޮޑެތި ގެއްލުންތައް ލިބޭނެތީ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގިނަ ބައެއްގެ ލޯ އިރާ ދިމާއަށް އަމާޒުވެފައިވާ އިރު ރާއްޖޭގައި ވެސް ވަނީ މަންޒަރު ބެލުމުގެ އިންތިޒާމު ހަމަޖެހިފަ އެވެ. އިރު ހުރަސްކޮށް ވީނަސް ތަރި ދަތުކުރާ މަންޒަރު ބެލުމަށް ލޮނުޒިޔާރަތްކޮޅު އަޑިޕާކްގައި ވަނީ ޓެލެސްކޯޕެއް ބަހައްޓާފަ އެވެ. ( އެސޯސިއޭޓެޑް ޕްރެސް)