26 Mar 2024, 12:56
ވަޓްސްއެޕުން ޗެޓްތަކުގައި ގިނަ މެސެޖުތަކެއް ޕިން ކުރެވޭނެ ފީޗާއެއް ތައާރަފްކޮށްފިއެވެ.
ވަޓްސްއެޕުން މި ފީޗާ ފުރަތަމަ ތައާރަފްކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިންޑިވިޖުއަލް އަދި ގްރޫޕް ޗެޓްތަކުގައި މެސެޖްތައް ޕިން ކުރެވޭ ގޮތަށެވެ.
ޕިންކޮށްފައިވާ މެސެޖުތައް ޗެޓްގެ އެންމެ މަތީގައި، އެ މީހާ ނުވަތަ ގުރޫޕުގެ ނަމާއި ތަސްވީރުގެ ތިރީގައި ފެންނަން ހުންނާނެއެވެ. ނަމަވެސް އޭރު ޔޫޒަރުންނަށް ޕިން ކުރެވޭނީ އެއް ޗެޓެއްގެ ތެރޭގައި އެންމެ މެސެޖެކެވެ.
އެހެން ނަމަވެސް ވަޓްސްއެޕުން ޗެޓެއްގެ ތެރޭގައި ގިނަ މެސެޖުތަކެއް ޕިން ކުރެވޭނެ ފީޗާއެއް ޓެސްޓު ކުރަމުން އަންނަ ކަމަށް މި މަހުގެ ކުރީކޮޅު ވަނީ ރިޕޯޓްކޮށްފައެވެ. މިހާރު ވަނީ މި ފީޗާ ރަސްމީކޮށް އިއުލާނު ވެސް ކޮށްފައެވެ.
ވަޓްސްއެޕް މެދުވެރިކޮށް މިހާރު ޗެޓެއްގެ ތެރޭގައި ތިން މެސެޖެއް ޕިން ކުރެވޭނެ ކަމަށް އެ ކުންފުނީގެ އޮފިޝަލް ވަޓްސްއެޕް ޗެނަލްތަކާއި އެހެނިހެން ސޯޝަލް މީޑިއާ ހޭންޑްލްތައް މެދުވެރިކޮށް ވަނީ ކަށަވަރުކޮށްދީފައެވެ.
ޕިންކުރުމުން ޕިންކޮށްފައިވާ މެސެޖްތައް ބެނާއެއްގެ ގޮތުގައި ޕާސަނަލް ނުވަތަ ގްރޫޕް ޗެޓްގެ އެންމެ ކުރީގައި ފެންނަން ހުރެއެވެ. އެ ބެނާގައި ޓެޕް ކުރުމުން ޗެޓުގައި ވާ ޕިންޑް މެސެޖަށް ބޭނުންކުރާ މީހުން ގެންދެވޭނެއެވެ.
ޗެޓެއްގެ ތެރޭގައި އެއް މެސެޖަށް ވުރެ ގިނަ މެސެޖް ޕިން ކުރާއިރު، އެ ބެނާގައި ފެންނަނީ ޕިންކޮށްފައިވާ މެސެޖުތަކުގެ އަދަދާއި އެންމެ ފަހުގެ ޕިންގެ ޕްރިވިއުއެކެވެ.
މިގޮތުން ބެނާއަށް ކްލިކްކުރުމުން ފެންނަނީ ޕިންކޮށްފައި ހުރި ހުރިހާ މެސެޖެކެވެ. އެ ތަނުން ބޭނުންކުރާ މީހުންނަށް އެ މީހަކު ބޭނުންވާ ޕިންޑް މެސެޖަށް ނެވިގޭޓް ކުރެވޭނެއެވެ. އަދި މެސެޖެއް ޕިން ކުރާނެ މުއްދަތެއް ވެސް ހިޔާރު ކުރެވޭނެ އެވެ. އެއީ 24 ގަޑިއިރާއި ހަތް ދުވަހާއި 30 ދުވަހެވެ.
ވަޓްސްއެޕުން ވަނީ މެސެޖެއް ޕިން ކުރެވޭނެ ގޮތުގެ ތަފްސީލް ވެސް ދީފައެވެ. އެންޑްރޮއިޑް ބޭނުންކުރާ ފަރާތްތަކަށް ވަކި މެސެޖެއް ޓެޕްކޮށް ހިފަހައްޓައިގެން، ކަނާތް ފަރާތުގައި ވާ ތިން ޑޮޓް އިޚްތިޔާރުކުރުމަށްފަހު ޕިން ޑިއުރިއޭޝަން އިޚްތިޔާރު ކުރެވޭނެއެވެ.
އައިއޯއެސްގައި ވެސް މެސެޖެއް ޓެޕްކޮށް ހިފަހައްޓައިގެން ޕިން އިތުރު އޮޕްޝަންތަކަށް ކްލިކްކޮށް ޕިން ޑިއުރިއޭޝަން އިޚްތިޔާރު ކުރެވޭނެއެވެ.
ވެބް އަދި ޑެސްކްޓޮޕް އެޕް ބޭނުންކުރާ ފަރާތްތަކުން މެސެޖެއްގެ ކައިރީގައިވާ ޑައުންވާޑް އެރޯ ބަޓަން އިޚްތިޔާރުކޮށް، ކާސާ އެބޭހުގެ ކައިރީގައި މަޑުކޮށްލުމުން ފެންނަ، ޕިން ޕިން ޑިއުރިއޭޝަން އިޚްތިޔާރުން ޕިން މެސެޖް އިޚްތިޔާރުކުރެވޭނެއެވެ.
މެޓާގެ ބެލެނިވެރި، މެސެޖިން ޕްލެޓްފޯމު ވަޓްސްއެޕުން ދާދި ފަހުން ވަނީ ވޮއިސް ނޯޓްތައް ޓްރާންސްކްރައިބް ކުރެވޭނެ ފީޗާއެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައެވެ.
އަދި އެޕްލިކޭޝަންގެ ތެރޭގައި އޭއައި ބެކްޑް އިމޭޖް އެޑިޓަރެއްގެ ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.