05 Jun 2012, 17:36
ތިމާވެއްޓާ ރައްޓެހި ކޮތަޅު ހިފައިގެން އެސްޓީއޯ ޕީޕަލް ޗޮއިސް އަށް ވިޔަފާރިކުރަންދާ ފަރާތްތަކަށް ތިން ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި މިއަދުން ފެށިގެން އެސްޓީއޯ އިން ކުރިއަށް ގެންދާ ހާއްސަ ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ތިމާވެއްޓާ ރައްޓެެހި ކޮތަޅު ބޭނުން ކުރުމުގެ އިތުރަށް އަމިއްލައަށް ކޮތަޅު ހިފައިންދާ ފަރާތްތަކަށް ވެސް އެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ.
ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި ތިމާވެއްޓާ ރައްޓެހި އުސޫލުތައް ގެންގުޅޭ ފަރާތްތައް ފާހަގަކުރުމުގެ ގޮތުން "ގްރީން އައިލޭންޑް ޗެލެންޖު" (އެންމެ ފެހި ރަށް) ހޮވުމުގެ މުބާރާތަކާއި "ގޯތިގެދޮރު ފެހި ކުރުމުގެ މުބާރާތެއް" ބޭއްވުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
މީގެއިތުރުން ތިމާވެށީގެ ދުވަހާ ގުޅިގެން ދަރުމަވަންތަ ސްކޫލްގެ ދަރިވަރުން ވެސް ވަނީ އިއާދަކުރުވަނި ގޮތެއްގައި ކަރަންޓް ހަރަދު ކުޑަ ކުރެވޭނެ ގޮތް ދައްކާދިނުމަށް މައުރަޒެއް ބާއްވައިފަ އެވެ.