ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ކުރަމުން އަންނަ ކ. މާފުށީގައި އަލަށް ހިއްކި ބިމުން ރެކޯޑު އަގުގައި ގޯތިތަކެއް ވިއްކުމަށް އެ ރަށު ކައުންސިލުން ބިޑު ހުޅުވައިލައިފިއެވެ.

އެ ރަށު ކައުންސިލުން ގެޒެޓްކުރި އިއުލާނެއްގައިވާ ގޮތުން އަލަށް ހިއްކި ބިމުން ރަށުގެ ލޭންޑްޔޫސް ޕްލޭނާ އެއްގޮތަށް ހަ ގޯތި ވިއްކުމަށް ހުޅުވައިލައިފައިވާ ކަމަށެވެ.

ކައުންސިލްގެ ބިޑު ޑޮކިއުމަންޓުގައިވާ ގޮތުން އެ ރަށުން ވިއްކާ ހަ ގޯތީގެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 2000 ރުފިޔާއެވެ. .

އަންނަ އާދިއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 13:00 ގެ ނިޔަލަށް ކައުންސިލުގެ ރިސެޕްޝަނުން ބިޑު ފޮތް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ބިޑު ފޮތެއްގެ އަގަކީ 30،000 ރުފިޔާ ކަމަށް އެ އިއުލާނުގައިވެއެވެ.

އެއާއެކު، ހުޅުވާލި ގޯތިތަކަށް ބިޑު ހުށަހެޅުން ހަމަޖަައްސާފައިވަނީ މެއި 5 ވަނަ ދުވަހު ކަމަށާއި ބިޑު ހުށަހަޅަން ވާނީ ސިޓީ އުރައެއްގައި ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

ކައުންސިލުން ބުނީ ބިޑު ފޮތް ބައްލަވައި ނުގަންނަ ފަރާތްތަކާއި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ކަމަށެވެ.