21 Mar 2024, 16:31
އިކޮނޮމިކް މިނިސްޓްރީން ޑްރާފްޓް ކޮށްފައިވާ ޓްރޭޑް މާކު ބިލަށް ޚިޔާލު ހުށަހަޅަން މިއަދު ހުޅުވައިލައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެ ދައުރުގެ ތެރޭގައި ރާއްޖޭގެ އިންޓެލެކްޗުއަލް ޕަރޮޕަޓީ ރައްކާތެރި ކުރުމަށް ވަނީ ވަޢުދު ވެވަޑައިގެންފައެވެ.
މިކަމާ ގުޅިގެން މިއަދު އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިންޓެލެކްޗުއަލް ޕްރޮޕަޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ މިނިސްޓްރީން ޓްރޭޑް މާކު ބިލެއް މިހާރު ޑްރާފްޓު ކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީން ތައްޔާރު ކޮށްފައިވާ އެ ބިލަކީ ރާއްޖޭގެ ޓްރޭޑްމާކާ ގުޅޭ އެހެނިހެން ހައްގުތައް ހިމަޔާތްކޮށްދިނުމާއި، އެ ފަދަ ހައްގަކަށް އުނިކަމެއް ލިބިއްޖެނަމަ އެޅޭނެ ފިޔަވަޅުތައް ކަނޑައެޅުމަށް ގާނޫނެއް ހެދުމަށް ތައްޔާރު ކޮށްފައިވާ ބިލެކެވެ.
އަދި މިހާރު އެ ބިލަށް ޚިޔާލު ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އާންމުންނަށް ހުޅުވައިލައިފައެވެ.
މިނިސްޓްރީން ބުނީ ބިލަށް ޚިޔާލު ހުށަހެޅުމަށް މިނިސްޓްރީއަށް[email protected]އީމެއިލް ކުރެވިދާނެ ކަމަށެވެ. ބިލަށް ޚިޔަލު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ. އަންނަ އޭޕްރިލް މަހުގެ 14ވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
މިނިސްޓްރީން ތައްޔާރުކޮށްފައިވާ ޑްރާފްޓު އެ މިނިސްޓްރީގެވެބްސައިޓުންފެންނަން ހުންނާނެ ކަމަށް އެ މިނިސްޓްރީން ވަނި ބުނެފައެވެ.