"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަަމް ހަދީސް ކުރެއްވިއެވެ." އަޅާ އޭނަ ހެއްދެވި ފަރާތާއި އެންމެ ކުއްތަންވާ ވަގުތަކީ ސަޖިދާގައި އޮންނަ ވަގުތެވެ. ފަހެ ތިޔަބައިމީހުން ސަޖިދާގައި ދުޢާކުރުން ގިނަކުރާށެވެ."

***

" ފަރަހް. މޮޔަވީތަ؟" ސިގިރެޓް ނަގައި ދުރަށް ހޫރައިލަމުން ފަހަދް އެނބުރުނީ ރުޅިވެރިކަމާއެކުގައެވެ.

"ޔެސް. އައިމް މޭޑްލީ އިން ލަވް ވިތް މާޒް......ނޮޓް ޔޫ..." ފަރަހް ބޭނުންވީ ފަހަދް ގެ ހިތް ޒަޚަމްކޮށްލުމަށެވެ.

" މާޒް ނެވަ ލަވްޑް ޔޫ. ފަރަހް އަހަރެން ދެކެ ލޯބި ނުވަންޏާ ދެން އަހަރުމެން ދެމެދުގަ މިހިނގަނީ ކޮންކަމެއް؟ކީއްވެ އަހަރެން ދޫކޮށްނުލެވެނީ؟މިހާ ދުވަސް ވާންދެން ހަމަ ފަރަހްއަށްޓަކައި މިހުރީ އަހަރެން...މާޒިމް އެއް ނޫން...... އެއީ މިހާރު މީހެއްގެ ފިރިޔެއް....." ފަހަދް ގެ ހިތުގައި އަޅަމުން ދިޔަ ވޭން ބޭރުކޮށްލެވުނެވެ.

ގަމީހުގެ ގޮށް ރަނަގޅަށް ނާޅުވާ އިސްތަށިގަނޑު ހޭވިފައި ހުރި ފަހަދް ކޮޓަރިން ނިކުމެގެން ހިނގައިގަތީ ރުޅީން ހަލާކުވާވަރުވެފައި ހުރެއެވެ. ޓްރޮލީއަކަށް ތަށިބަރިތަކެއް ލައިގެން އައި ވެއިޓަރަކާއި މުޑިއަރައި ތަށިތައް ވެއްޓުމުންވެސް އަޅާނުލާ ދިޔައީއެވެ. ލޮބީގައި ތިބި މީހުންގެ ނަޒަރުވެސް ހުއްޓިފައި ހުރީ ފަހަދްއަށެވެ. މާލޭގައި ފަހަދް ނުދަންނަ ބަޔަކު މަދުވާނެއެވެ. އަދި އެ ހޮޓަލަކީ އެންމެ މުއްސަނދި މީހުން ޒިޔާރަތްކުރާ އެއްތަނެވެ. މީހުންގެ ބެލުންތަކަށް ކަނު ވެފައި ހުރެ ކާރަށް އެރި ފަހަދްގެ ރުޅީގެ ޝިކާރައަކަށް ވީ ކާރުގެ ހުންގާނެވެ. ގޮށްމުށުން ވީއްލައިލި އެތިފަހަރުން އަތުގެ އިނގިލިތަކަށްވެސް ތަދުވިއެވެ.

"ކީއްވެތަ މަ އެހާ މޮޔައީ؟ފަރަހް ނޫން އެހެން އަންހެނެއް ހަމަ މި ދުނިޔެއިން ނުލިބޭނީތަ މަށަށް؟ވައި ކާންޓް އައި ހޭޓް....." ފަހަދް އަމިއްލަ ނަފްސަށް ހަޅޭއްލެވިއެވެ. ކިތަންމެ ބޭނުންވިޔަސް އެ ހިތުން ފަރަހްގެ ނަން ފިލުވާލެވޭނެ ގޮތެއް ނުވެއެވެ.

ފޯނަށް އައީ ފަރަހް ގެ މެސެޖެކެވެ. ފޮޓޯ ހުޅުވާލުމުން ފަހަދް ގެ ރުޅިގަނޑު ވަގުތުން މައިތިރިވިއެވެ. ހާސް ވެ ކަންބޮޑުވެފައިހުރެ ދުއްވައިގަނެވުނީ އަނެއްކާވެސް އެ ހޮޓަލާއި ދިމާލަށެވެ.

" އޭ....އިޒް ދެޓް ޑޮކްޓަރ ފަހަދް؟" އުލްފާގެ ކައިރީ ހުރި ބަތޫލް އެކުވެރިޔާގެ އަތުގައި ކޮށްޓައިލިއެވެ. ދެ މިހުންނަކީވެސް ހޮސްޕިޓަލުގެ ނަރުހުންނެވެ.

" އާނ....ދޯ....އެކަމް ހާދަ މެސީ ކޮށް..." އުލްފާ ލާނެތް ގޮތަކަށް ލޯ އަޅާލަމުން ބުނެލީ ފާޑަކަށެވެ. ބަތޫލްގެ ލޯ ވެސް ފަހަދްގެ މޫނުން ކައްސާނުލައެވެ.

" އެކަމު ހާދަ ރީއްޗޭ. ހިނގާބަ ސްޓޯކް ކޮށްލަން. އެހާ މެސީ ކޮށް މީހާ ހުންނާނީ ކޮންމެވެސް ކަމެއްވީމަތާ. ހިނގާބަ....." އުލްފާ ގެ އަތުގައި ހިފަމުން ގަދަކަމުން ކަހަލަ ގޮތަކަށް ލިފްޓު ތެރެއަށް ދެމިގަތެވެ. ފަހަދް ގެ ލޯ ފޯނާއި ވަކިނުވެ ހާސްކަން ބޮޑުވެފައި ހުރެވުނީ ލިފްޓް ހުއްޓޭނޭ ވަގުތަކަށެވެ. ލިފްޓު ތެރޭ އެހެން ބަޔަކު ތިބި ކަމުގެ އިހުސާސެއްވެސް ނުވިއެވެ.

ލިފްޓު ހުއްޓުމުން ދުރުގައި ފިޔަވަޅު އަޅާފައި ގޮސް ފަހަދް ހުއްޓުނީ ރޫމް ނަންބަރު 777 ދޮރުކައިރީގައެވެ. ދޮރުގެ ބެލް ޖަހަމުން ހުޅުވުމަށް އާދޭސްކުރަމުން ދިޔައެވެ.

"ފަރަހް ޕްލީޒް އޯޕެން. އައިމް ވެރީ ސޮރީ އޭ....ޕްލީޒް..."

ރޫމް ސާވިސް ޓްރޮލީއެއްގެ ފަހަތުގައި ފިލައިގެން ތިބި އުލްފާ އާއި ބަތޫލް އަށް ހީވީ ބޮޑު ފިލްމެއްގެ މަންޒަރެއް ނިއުޅެވެނީ ހެންނެވެ.

އެ ކޮޓަރީގެ ދޮރު ހުޅުވައިލާފައި ނިކުތް ފަރަހް ހުރީ ބާތުރޯބުގައެވެ. އަދި ފަހަދް އެ ކޮޓަރިީގެ ދޮރުން އެތެރެއަށް ދެމިގަތީ ފަރަހް ގެ އަތުގައި ހިފައިގެންނެވެ.

ފޯނުން ވީޑިޔޯ ނަގަން ހުރި އުލްފާގެ މޫނު މައްޗަށް ވެރިވީ ބޮޑު ކަމެއް ހާސިލްވީ ކަމުގެ ފޮނި ހިނިތުންވުމެކެވެ.

" މޮޔަވީތަ؟ކީއްކުރަން ވީޑިޔޯ ކުރީ؟ތީތި ކަޑަ އިނގޭ އުލް..." ބަތޫލް ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

" މީހަކަށް ދައްކާކަށެއް ނޫނޭ. މިކަހަލަ ވީޑިޔޯއެއްގެ ބޭނުން ޖެހިދާނެ ކަމަށް ބަލާފަ. ޔޫ ނެވަ ނޯ....އަހަރުމެން ކަހަލަ ނިކެމެތީންނަށް މިކަހަލަ ފުރުސަތެއް ލިބުމުން ޖެހޭނެ އޭގެ ފައިދާ ނަގަން. އެހެން ނޫނީ ބޮޑުން ގެ ފައި ދަށުވެފަ ތިބެން އަބަދު ޖެހޭނީ..." އުލްފާގެ ހިތަށް އުދަގޫކުރުވީ ސަބީހާ މަރާލި ހަނދާންތަކެވެ. ފަރަހް ގެ އެ ނުލަފާކަން މީހުނަށް ހާމަ ނުކުރެވުނީ ފަރަހް ގެ އަތުގައި އޮތް ވީޑިޔޯގެ ސަބަބުން ކަން ހަނދާނަށް ގެނެވުނެވެ.

" ހޫން. ދެން އޯކޭއޭ ޔޫ އެންޑް ޔޯ ފިލޯސޮފީ. އެނީވެއި ހާދަ ހިތާމެވެރިޔޭ.. އެ ގެއްލުނީ މަށަށް ޑޮކްޓަރ ފަހަދް.. އެވެސް ޑޮކްޓަރ ފަރަހް ކަހަލް ޕާފެކްޓް ކުއްޖަކަށް....މަ އަޅާވެސް ނުކިޔޭނެ އެ ކަހަލަ މީހަކާ............." ބަތޫލް އޭނާ ގެ ހިތާމަތައް ހިއްސާކުރީ މަޖާ ރާގެއްގައެވެ.

ކޮޓަރި ތެރެޔަށް ވަން ވަގުތު ފަހަދްގެ ނަޒަރު ހުއްޓުނީ ފަންކާގައި އެލުވާފައި ހުރި ފޮތިގަނޑަކަށެވެ.

"ފަރަހް. ޓޯކް ޓު މީ. ކީއްވެތަ އަމިއްލަ ނަފްސަށް އަނިޔާ ދޭން ބޭނުންވީ؟އަހަރެން ދިޔައީމަތަ؟ އައިމް ސޮރީ...." އެނދުގައި އިށީނދެ އިން ފަރަހްގެ އަތުގައި ހިފާލައިގެން ބިންމަތީގައި އިށީން ފަހަދް ގެ ލޮލުން އޮހެމުންދިޔައީ ހޫނު ކަރުނައެވެ.

" އައި ސްވެއަ. މާޒިމް ނުލިބިއްޖެއްޔާ....އައި ވިލް ކިލް މައިސެލްފް....." އެސްފިޔަ ނުޖަހައި ހުސްތަނަކަށް ގެއްލިފައި އިން ފަރަހް ބުނެލިއެވެ. އެ ލަފްޒުތަކުން ހިތް ޒަޚަމް ވި ނަމަވެސް ފަހަދް އެ ވަގުތު ބެލީ ފަރަހް ހަމަޔަކަށް އެޅުވުމަށެވެ. ޖާނުން ފިދާ ވެގެން ނަމަވެސް ފަހަދް އަށް މުހިންމީ ފަރަހްގެ އުފަލެވެ. އެއީ އޭގައި ގެއްލުން ލިބެނީ ފަހަދް އަށް ވި ކަމުގައި ވީނަމަވެސް އެވެ.

" އައިމް ސޮރީ...." ފަހަދް އަށް ލިބުނު ހާސްކަމާއި ހިތްދަތިކަން އެއްފަރާތްކޮށްލާފައި އޭނަ ބުނެލިއެވެ.

***

ފްލައިޓަށް އެރުމަށް ގޮވަންދެން އުރުޖުވާން އާއި މާޒިމް ތިބީ ގޮނޑިތަކުގައި އިށީނދެލައިގެންނެވެ. އެތައް ބަޔެއްގެ ނަޒަރު ހުއްޓިފައިވަނީ މާޒިމް އާއި އުރުޖުވާން އަށެވެ. އެހާ ވެސް ގުޅޭ ޖޯޑެކެވެ. އުރުޖުވާން ގެ މޫނުން މާސްކް ނަގާފައި ވުމުން އެ މޫނުގެ ފުރިހަމަ ކަން އެންމެންގެ ހިތްތައް ކަތިލަމުންދިޔައެވެ.

" އުރޫޖް މޫނުގަ އެއްޗެއް ހުރީތަ؟" އުރުޖުވާން ހާސްވެފައި މާޒިމް ކައިރިން އަހައިލިއެވެ.

" އާނ..ބޮޑު ދެލޮލާ. އަ ބަޓަން ނޯޒް އެންޑް. ޕާފެކްޓް ލިޕްސް.....މިއަދު މޭކްއަޕް ކޮށްގެން ދޯ.....މިހާ ރަތް ކުލަ އަރާފަ..." އުރުޖުވާން މޫނަށް ގެއްލިފައި ހުރެ މާޒިމް ބުނަމުން ދިޔައި މަޖާ ގޮތަކަށެވެ. އުރުޖުވާން ލަދުން މަރުވާވަރުވިޔަސް އަވަހަށް އަމިއްލަ ނަފްސް ދިފާއުކުރިއެވެ.

"ނޯ ވޭއި.....އުރޫޖް މޭކަޕެއް ނުކުރަން......މިހިރީ ނު..." އަތުން ބާރު ބާރަށް ތުންފަތް ފޮހެމުން މާޒިމް އަށް ލޯ އަޅައިލީ މައުސޫމް ގޮތަކަށެވެ.

" ތުންފަތް އިސާހިތަކު މޫނުން ފޮހެވިގެން ހިނގައިދާނެ....." އުރުޖުވާންގެ އަތް ހިފަހައްޓާލަމުން ބުނެލި އިރު މާޒިމް އަށް ހެވެމުން ދިޔައެވެ. އެ ހިތްގައިމު އަދާއިން އުރުޖުވާން ގެ ހިތް ކަތިލިއެވެ.

" އާ ޔޫ އޮން ޔޯ ހަނީމޫން؟" މާޒިމް މެން ތިބި ގޮނޑީގެ ކުރިޔަށް ހުރި ގޮނޑި ބަރީގައި އިން މުސްކުޅި ފުރައިގެ އަންހެނަކު ސުވާލުކޮށްލިއެވެ. އޭނާ ތައާރަފް ވެލީ ޒެލްޑާގެ ނަމުންނެވެ.

މާޒިމް ވަރަށް އަދަބުވެރިކަމާއެކު ޒެލްޑާއަށް ޖަވާބު ދިނެވެ. އުރުޖުވާންގެ ރީތިކަން ފެނި ހިތުގައި އުފެދުނު ތައުރީފު ބަންޑުންކޮށްލުމުން އުރުޖުވާން ރަކިވި ކަމުގައިވިޔަސް ވަރަށް ގަޔާ ވެފައި އިނދެވުނީ އޭނަގެ ގެ ހިތް ހެޔޮކަން ފެނިފައެވެ. އަދި މާޒިމްދަނީ ސްވިޒަލޭންޑުގެ ކޮން ސަރަހައްދަކަށް ތޯ ވެސް އަހައިލިއެވެ. ޒިއުރިކް ގައި ކޮންފަރެންސް އޮތުމުން ދާނީ އެތަނަށޭ ބުނުމުން ޒެލްޑާ ކަންބޮޑުވުން ފާޅުކުރީ ހަނީމޫން ކަހަލަ ދަތުރެއްގައި ޒިއުރިކް އެކަނި ބަލާލުމުން ނުފުދޭނެތީއެވެ. އޭނައަކީ އެތާ ކައިރި ލޫސާން ގައި އަގުބޮޑު ގެސްޓްހައުސް ވިޔަފާރި ކޮށް އުޅެމުންދާ މީހެކެވެ. ކޮންފަރެންސް ނިމުނުހާ އަވަހަކަށް ލުސާން އަށް ޒިޔާރަތްކޮށް އެތަނުން ގެސްޓްހައުސްއަކަށް އައުމަށް ދަޢުވަތު ދިނެވެ.

އުރުޖުވާން އާއި މާޒިމް ދެކޮޅު ހެދި ނަމަވެސް ޒެލްޑާ ދޫ ދޭ ގޮތަކަށް ނެތެވެ.

" ޕްލީޒް. ޑޯންޓް ސޭއި ނޯ. ދިސް ޕްރިޓީ ލޭޑީ ރިމައިންޑްސް މީ އޮފް މައި ޑޯޓަރ...." ޒެލްޑާ ގެ ލޯ ކަރުނުން ތެންމާލިއެވެ. ހަގީގަތުގައި އުރުޖުވާން ފެނުމުން އޭނާގެ ހަނދާނަށް ގެނެވުނީ ކާރު އެކްސިޑެންޓެއްގައި މަރުވި އޭނާގެ އަންހެން ދަރިފުޅެވެ. އެ އެކްސިޑެންޓުގައި އޭނާގެ ފިރިމީހާވެސް މަރުވެފައި ވުމުން މިހާރު ދުނިޔޭގައި ހުރީ ބަލި މަންމައެވެ.

މި ހުރިހައި ވާހަކަތަކެއް އަޑު އަހާފައި އުރުޖުވާން އާއި މާޒިމް އަށް ނޫނޭކޭ ބުނާކަށް ނުކެރުނެވެ. އަދި ޒެލްޑާއާއި ގުޅޭނެ ނަމްބަރާއި ގެސްޓްހައުސްގެ އެޑްރެސްވެސް ދިނެވެ.

ފްލައިޓަށް އަރަން ގޮވުމުން ޒެލްޑާވެސް އުރުޖުވާން ގައިގާ ބައްދާލުމަށް ފަހު ތެދުވެގެން ދިޔައީ ދެކުދީންނަށް ވެސް އުފާވެރި ހަޔާތަކަށް މަރުހަބާ ކިޔަމުންނެވެ. އަދި ލުސާން އަށް އައުމަށް ވައުދުކުރުވަމުންނެވެ.

" އުރޫޖް ތީ އެހެންވީމަ....ވަރަށް ލަކީ ކުއްޖެއްނު....މިހާރު ގެއްލިދާނެތީ އަސްލުވެސް ބިރުގަނެއްޖެ...." އުރުޖުވާން ގެ އަތުގައި ހިފާލަމުން މާޒިމް ބުނެލީ ވަރަށް ހެވިފައި ހުރެއެވެ.

"އަތުން ދޫކޮށްނުލައްޗޭ....." އުރުޖުވާން ހުރީ ފްލައިޓަށް އަރަން ޖެހުމުން ހިތް ބިރުގެންފައެވެ.

"ނެވަ.." މާޒިމް އަމިއްލަ ނަފްސަށް ކިޔާލިއެވެ. އުރުޖުވާން ގެ އަތުން ދޫކޮށްލަން އެ ހިތް ދުވަހަކު ނޭދެއެވެ. ހަގީގަތުގައިވެސް ހިތް މުޅިން ހިބަކޮށް ދެވިއްޖެއެވެ. އަދި މި ދަތުރަކީ އުރުޖުވާން އާއި އެކީ ފެށޭ އާ ހަޔާތެއްގެ ފެށުމެއް ކަމަށް ކަނޑައެޅުނެވެ.

***

މާޒްވިލާއަށް ދާން އެއްޗިހި ޕެކް ކުރަމުން ދިޔަ މަދީނާ އަށް ފަހަތުގައި މީހަކު ހުރި ކަމުގެ ހިލަމެއްވި ނަމަވެސް ފަހަތް ބަލާލަން ބޭނުން ނުވިއެވެ.

މަދީނާ ގެ ހިތުގެ ވިންދު ބާރުވަމުން ދިޔަ އަޑު އުވައިސްއަށް އިވުނީ މުއިޒިކެއް ހެންނެވެ. މަދީނާ އަށް ކޮށްލެވޭ ކުދި ގޯނާތަކުން އުވެއިސްގެ ހިތް އުފާކޮށްލަދިން ނަމަވެސް މަދީނާ އަށް ދެރަ ގޮތެއް ދިމާވުމަށް ނޭދެއެވެ.

" ކޮބާ....އަދިވެސް ރެޑީ ނުވޭތަ؟" ކެނާން ގެ އަޑުން މަދީނާ ސިއްސުވާލިއެވެ.

" އާނ....ކުޑަބެ ހެލްޕް ވެދީބަ....މި ހުސް ނުވާ ހެދުންތަކެއް..." މަދީނާ އާދޭސްކުރިއެވެ. އެވަގުތު ފޯނަށް އައި ނޯޓިފިކޭޝަނުން މަދީނާގެ ލޯ ދިއްލުނެވެ.

" ކިހިނެއްވީ؟ " ކެނާން ވެސް ޝައުވެރިވިއެވެ.

"އުރޫޖް އެންޑް ދޮންބްސް......އަޅެ ސޯ ލޯބި ދެން....." މަދީނާގެ ފޯނަށް އުރުޖުވާން ފޮނުވާފައި އިން ފޮޓޯ ދައްކާލިއެވެ.

" ޔެސް...." އުރްޖުވާން ގެ މޫނަށް ބަލަން ކެނާންއަށް އުނަދގޫވިއެވެ. މާލެ ބަދަލުވިފަހުން ގެ ކައިރިން އަބަދު ފެންނަމުން ދިޔަ އުރުޖުވާންދެކެ ހިތް ރުހެވުނަސް މިހާރު އެ ނަޒަރުން އުރުޖުވާން އަށް ބެލުމުގެ ހުއްދައެއް އޭނާ އަކަށް ނެތެވެ. ތަޤުދީރުން އެކަން ރޭވިފައިވާ ގޮތަށް ހިތް ރުހެއެވެ. އެކަމަކަށް ހިތް ބުރަކަމެއް ނެތެވެ.

ކެނާން ގެ ހިތުގައި ޖެހި ވިންދުގެ ތަފާތު އުވައިސްއަށް ހާމަ ވި ނަމަވެސް މަދީނާއަށް އެކަމެއް ރޭކާއެއްނުލައެވެ.

ނުނިމޭ