05 Jun 2012, 15:05
ދިހަ ހާސް ރުފިޔާގެ އިނާމް ހުށަހަޅާފައިވާ "ރީޑާސް ބްކް ފެއާ 2012" ޖަމާލުއްދީން ސްކޫލްގައި ހުޅުވައިފި އެވެ.
ރީޑާސް ބްކް ޝޮޕްގެ މެނޭޖިން ޑައިރެކްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވީ ގާތްގަނޑަކަށް ހަފުތާއަކަށް ދެމިގެންދާ ބްކް ފެއާއެއް ހުޅުވުމުގެ ބޭނުމަކީ އެއްތަނަކުން އަދި އަގު ހެޔޮކޮށް، ގިނަ ފޮތްތަކެއް ކަސްޓަމަރުންނާ ހަމައަށް އަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި އޭނާ ވިދާޅުވީ ބްކްފެއާ އޮންނާނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކަމަށެވެ.
އަދި އާދަމް ވިދާޅުވީ އެ ފެއާ އިން 25ރ. އިން މަތީގެ ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ ކަމަށާއި ގުރުއަތަކުން ހޮވޭ ފަރާތަކަށް 10000ރ. އިނާމެއް ލިބޭނެ ކަމަށެވެ.