20 Mar 2024, 20:01
އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ޑެންވާ ނަގެޓްސްއާއި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންދާ މިނެސޯޓާ ޓިމްބާވުލްވްސް ބައްދަލުކުރި މެޗު ނަގެޓްސް ކާމިޔާބުކޮށްފިއެވެ.
މިނެއަޕޮލިސްގެ ޓާގެޓް ސެންޓާގައި ކުޅުނު މި މެޗު ނަގެޓްސްއިން ކާމިޔާބު ކޮށްފައިވަނީ 115 ޕޮއިންޓް 112 ޕޮއިންޓުގެ ކުޑަ ތަފާތަކުންނެވެ.
މި މެޗުގެ ފުރަތަމަ ދެ ކުއާޓަރުގައި ނަގެޓްސްއިން މޮޅު ކުޅުމެއް ދައްކައި، ވަނީ 15 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ނަމަވެސް ޓިމްބާވުލްވްސްއިން ވަނީ ތިންވަނަ ކުއާޓާގައި އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މި ތަފާތު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ.
އަދި ފަހު ކުއާޓަރުގައި މެޗު ނިމިގެންދިޔައީ އެ ތަފާތުގައި އޮވެގެންނެވެ. މި މެޗުގައި ނަގެޓްސްގެ ނިކޮލާ ޔޮކިޗްވަނީ 35 ޕޮއިންޓް ހޯދައިދީ 16 ރީބައުންޑް ނަގައިދީ ދެ އެސިސްޓް ދީފައެވެ.
އަދި ވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ އަށް އެސިސްޓް ދިން އެންތަނީ އެޑްވާޑްސްްއެވެ