ބާޒާރުގައި ކަނޑޫދޫ މިރުހުގެ އަގު އުފުލިއްޖެއެއެވެ.

މާރުކޭޓުގެ ގޮޅިއަކުން 'ސަން' އާ ވާހަކަ ދެއްކި ވިޔަފާރިވެރިއަކު ބުނީ ކަނޑޫދޫ މިރުހުގެ 100 ގުރާމް އުޅެނީ 45 ރުފިޔާގައި ކަމަށާއި، ކިލޯއެއް ވިއްކަނީ 400 ރުފިޔާއަށް ކަމަށެވެ. ކަނޑޫދޫ މިރުސް ބާޒާރުގައި އިއްޔެ ވިއްކީ 100 ގުރާމް 40 ރުފިޔާއަށް، އަދި ކިލޯ 380 ރުފިޔާއަށެވެ.

މިއަދު ބާޒާރުގައި ލަންކާ ގިތެޔޮ މިރުހުގެ އަގު ހުރީ 100 ގުރާމް، 20 އާއި 25 ރުފިޔާއާ ދެމެދުގައެވެ.

ބާޒާރުގައި ކެރެޓު ކިލޯއެއްގެ އަގު 30 ރުފިޔާގައި ހުރި ކިއުކަންބާ ވެސް ވިއްކަނީ ހަމަ އެ އަގަށެވެ.

ލުނބޯ ކިލޯއެއް 60 ރުފިޔާއަށް ވިއްކާއިރު، ދިވެހި އަނބުގެ ކިލޯއެއްގެ އަގު މިއަދު ހުރީ 160 ރުފިޔާގައެވެ.

ބާޒާރުގައި ދޮންކޭލާއި އަނބު: މިއަދު ދޮންކޭލުގެ އަގު ހުރީ 40 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައި -- ސަން ފޮޓޯ/ މޫސާ ނަދީމްމިއަދު ބާޒާރުގައި ފަޅޯ އެއްވެސް ވަރަކަށް ނެތް ކަމަށް މާރުކޭޓު ގޮޅިން "ސަން"އާ ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.

ދޮންކޭލުގެ އަގު 40 ރުފިޔާއާއި 60 ރުފިޔާއާ ދެތެރޭގައި ހުރިއިރު، ފުސްކެޔޮ އުޅެނީ 80 ރުފިޔާއާ 90 ރުފިޔާއާ ދެމެދުގެ އަގުތަކުގައެވެ.

އާފަލާއި އޮރެންޖު، އެއްޗެއް 10 ރުފިޔާއަށް ވިއްކާއިރު، މިއަދު ބާޒާރުގައި ބޮޑެތި ކުރުނބާ ނެތް ކަމަށް މާރުކޭޓު ގޮޅިން "ސަން"އާ ވާހަކަދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ. އެ ގޮތުން ކުދި ކުރުނބާގެ އަގު އުޅެނީ 30 ރުފިޔާއާ 40 ރުފިޔާއާ ދެމެދުގައެވެ. ކުރުނބާފަނި ފުޅިއެއްގެ އަގު ހުރީ 200 ރުފިޔާގައެވެ.