05 Jun 2012, 13:07
ދިރާގް ދިވެހި ލީގުގެ ފުރަތަމަ ބުރުގެ އެއް ވަނަ ޓީމުގެ ގޮތުގައި ތާވަލްގެ އެއް ވަނަ މާގާކް ދިފައު ކޮށް، ތިން ދުވަހުގެ ޗުއްޓީ އަކަށް ފަހު ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ކުރިމަތި ލުމަށް ވިކްޓަރީ ސްޕޯޓްސް ކުލަބާ ދެކޮޅަށް މިއަދު ނުކުންނާނެވެ.
ދެ ވަނަ ބުރުގެ ފުރަތަމަ ކުރިމަތި ލުމަށް ނިއު ނުކުނައިރު، "ފުރަތަމަ ބުރުގެ އެއް ވަނަ" އެޓީމުން ދިފާއު ކުރީ ކުޅުނު އެއް ވެސް މެޗަކުން ބަލިނުވެއެވެ. އެކަމަކު ވިކްޓަރީ ވަނީ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ހަތް މެޗުގެ ތެރެއިން އެއް މެޗުން ބަލިވެފަ އެވެ.
އެއް ޕޮއިންޓުގެ ލީޑަކާއުކު ފުރަތަމަ ބުރުގެ ކުޅުން ނިއު އިން ނިންމާލިއިރު، ލީގުގެ އެއް ވަނަ ޓީމުގެ ގޮތުގައި އެޓީމް އޮތީ 17 ޕޮއިނޓާއެކު އެވެ. ވިކްޓަރީ އޮތީ 16 ޕޮއިންޓާއެކު އެވެ.
މިސީޒަންގައި އަދި އެންމެ ވަރުގަދަ ކަމަށް ގިނަ ސަޕޯޓަރުން ބުނަމުން އަންނަ ވިކްޓަރީ އާއި ނިއުން މިއަދުގެ މެޗާއި ކުރި މަތި ލާއިރު ފުރަތަމަ ބުރުގައި މިދެޓީމް ކުޅުނު މެޗުގައި ނިއު އިން ވަނީ ވިކްޓަރީ ކޮޅަށް ލަނޑުގޯންޏެއް އޮއްސާލައިފައެވެ. އެ މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުނީ 5-1 ނިއު ކުރީގައި ލީޑް ދަމަހައްޓާލައިގެން ނެވެ.
ބުރަ މަސައްކަތަކަށްފަހު ހޯދި ފޮނި އުންމީދު ތަކާއެކު ނިއުން މިއަދުގެ މެޗާ ކުރިމަތިލާއިރު، އިދިކޮޅު ވިކްޓަރީއަށް މިއަދު މިއީ ހިތާމާގެ ދުވަހެއްކަން އެޓީމުގެ ހުރިހާ ކުޅިންތެރިންނާއި ސަޕޯޓަރުންނަށް އިހުސާސްކަން ކުރެއިފައިވާއިރު، ވިކްޓަރީގެ މެނޭޖްމަންޓުގެ އެދުމަކަށް ވެފައި ވަނީ "ކާމިޔާބުގައި ހިތް ތިރިކުރުމުގެ އުސޫލުން، ނާކާމިޔާބުގައި ހިތްވަރުގަދަ ކުރުމުގެ އުސޫލެވެ". އެހެން ކަމުން މިއަދުގެ މެޗަށް ވެސް ވިކްޓަރީން ނުކުންނާނީ ފުރަތަމަ ބުރުގެ ނަތީޖާގެ ހިތި ފުހެލުމުގެ އުންމީދިގައި ކަމަށް އެޓީމުގެ ކޯޗް މުހައްމަދު ނަޒީހު ވެސް ވަނީ ބުނެފަ އެވެ.
އެއް ފަސް ގަޑެއް ގައި ދިރިއުޅޭ ދެކި ފަރިތަ މޫނު ތަކެއް ވިންޓަރީ އާއި ނިއުގައި މިއަދު ތިބި ނަމަވެސް، މިއަދަކީ ވިކްޓަރީއަށް ހިތާމައިގެ ދުވަހެއްކަން ނިއުގެ ކުޅުންތެރިނަށް އިހުސާސް ވާކަމަށް އެޓީމުގެ ބައެއް ކުޅުންތެރިން ވެސް ބުނެފައިވާއިރު، ވިކްޓަރީގެ އެއް މަސްއޫލްވެރިޔާ މައިނާ އިބްރާހިމް ރަޝީދު ވަނީ މިދިޔަ ހުކުރު ދުވަހު ނިޔާވެފައެވެ. މިހެންވެ ވިކްޓަރީ ކުޅޭނީ ކަޅު ޖާޒީގަ އެެވެ.
އެކަމަކުވެސް ލީގުގެ ފޯރި ގަދަ ކުރުމަކީ ވެސް އޮންނަން ޖެހޭ ކަމަކަށް ވީއިރު، ނިއުގެ އަމާޒަކީ މިއަދުގެ މެޗުން ތިން ޕޮއިންޓް ހޯދާ ވިކްޓަރީގެ މައްޗަށް ކުރިހޯދުމެވެ. އެހެން ކަމުން އިއްޔެ އެފްއޭއެމް ހައުސްގައި ބޭއްވި ނިއުސްކޮށްފަރެސްގައި ނިއުގެ ކޯޗް މުހައްމަދު ޝިއާޒް މޯހަން ވަނީ ވިކްޓަރީ މެޗަށް "ތައްޔާރުވެ ތިބުމަށް" އިޝާރާތްކޮށް އިދިކޮޅު ޓީމަށް ރައްދު ދެއްވާފައެވެ.
ލީގުގެ ފުރަތަމަ ބުރުގައި ނިއު ރޭޑިއަންޓު ކުޅުނު ފުރަތަމަ މެޗް އެޓިމުން ކާމިޔާބު ކޮށްފައި ވަނީ ލީގުގައި އެންމެ ފަހުން ޖެހިޖެހިގެން ތިނ ފަހަރު ތަށި ދިފާއު ކޮށްފައިވާ ވީބީ އައްޑޫ އެފްސީއާ ވަދަކޮށް 4-0 ލަނޑުގެ ބޮޑު ކާމިޔާބީއާކުއެވެ. ހަމަ އެޔާއެކު ވިކްޓަރީ ވެސް ވަނީ ލީގުގެ ގަދަ ހަތަރަކަން ޖާގަ ހޯދާ، މޮޅު ކުޅުމެއް ދެއްކި މާޒިޔާ އަތުން ވެސް މޮޅެއް ހޯދައިފައެވެ . އެމެޗުން ވިކްޓަރި މޮޅުވީ 3-2 ލަނޑުން ނެވެ.
އެހެން ކަމުން ލީގުގެ ފުރަތަމަ ބުރުގެ ފުރަތަމަ ބުރިގައި މިދެޓީމް ކުޅުނު މެޗަކީ ހަދާނީ މެޗަކަށްވީއިރު، މިއަދު މޮޅެއް ހޯދާނެއް ޓީމެއް ބަލާލުމަކީ ލީގުގެ ފޯރި ގަދަވާނެ އެއް ސަބަބު ކަމަށް ގަލޮޅު ދަނޑަށް ވަނަ މި ދެޓީމުގެ ސަޕޯޓަރުން ވެސް ވަނީ ވާހަކަ ދައްކާފައެވެ.
"ވިކްޓަރީއަށް ލިބިފައިވާ ހިތާމައިގެ ތެރެއިން ނުކުތުމަށް އަޒުމް ކަނޑައަޅައިގެން މިއަދު އެޓީމް ނިއުއާ ކުރިމަތި ލާއިރު އެއް ވަނަ ނިއުރޭޑިއންޓުގެ ތަޖުރިބާ ކާރު ފޯވާޑް އަލީ އުމަރު ނެތުމަކީ އުދަގުލެއް ކަމަށް އެޓީމުން ވަނީ ފާހަގަ ކޮށްފައެވެ. އަލީ އުމަރަށް ނުކުޅެވެނީ ފުރަތަމަ ބުރުގައި އޭނާއަށް ދެއްކި ދެ ރީދޫ ކާޑުގެ ސަބަބުން، މިއަދުގެ މެޗަށް ސަސްޕެންޑް ވެފައިވާތީ އެވެ.