05 Jun 2012, 11:29
ރޯދަ މަހަށް ބޭނުންވާ ސާމާނު އެއްތަނަކުން ހެޔޮއަގެއްގައި ލިބޭނެ ގޮތް ހަދައިދިނުމަށް ޓަކައި އެސްޓީއޯ އިން ރަމަޟާން ކާނިވަލެއް ދަރުބާރުގޭގައި މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން މިއަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކާނިވާ ހުޅުވައިދެއްވީ އެސްޓިއޯގެ ޖެނެރަލް މެނޭޖާ އިބްރާހިހް ޝަރީފް މުހައްމަދެވެ.
އެސްޓީއޯ އިން ބުނީ ރޯދަ މަހަށް ހާއްސަކޮށްގެން ފެށި މިކާނިވަލްގައި ޕިލިޕުސް ބުރޭންޑްގެ ބަދިގެއަށް ބޭނުންވާ ސާމާނާއި ހޯމް ތިއޭޓަރާއި ގްރޫމިން އައިޓަމްގެ އިތުރުން ޕިލިޕުސް ބުރޭންޑްގެ ގިނަ ބާވަތްތަކެއް ހެޔޮއަގެއްގައި ލިބެން ހުންނާނެ ކަމަށެވެ.
އެސްޓީއޯ އިން ބުނީ މިކާނިވަލުން ބައްލަވާގަންނަވާ ޕިލިޕުސް ބުރޭންޑުގެ ކޮންމެ ޕުރޮޑެކްޓަކަށް އިންޓަނޭޝަނަލް ވޮރެންޓީ ލިބޭނެ ކަމަށެވެ.
މި ކާނިވާ ހުޅުވާފައި ހުންނާނީ އެތިން ދުވަހުގެ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:30 އަށެވެ.
އެސްޓިއޯއަކީ ޕިލިޕުސް ބުރޭންޑްގެ ޕްރޮޑެކްޓްތައް ރައްޔިތުނަށް ފޯރުކޮށްދިނުމުގައި 15 އަހަރަށް ވުރެ ދިގު މުއްދަތެއްވެފައިވާ ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުންޔެވެ.