ހއ. ހޯރަފުށީ ނޫރީގެ މުހައްމަދު އަރުހަމް، 16 މަރާލި މައްސަލައިގެ ތިން މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އަރުހަމްގެ މަރާގުޅިގެން 18 އަހަރުން މަތީގެ ތިން މީހަކު މިހާރު ހައްޔަރުކޮށްފައިވާކަމަށެވެ. ނަމަވެސް އެމީހުން ހައްޔަރުކުރީ ކޮންވަގުތަކު ކަމެއް އަދި ހައްޔަރުކުރީ ކޮން ބައެއްކަމެއް ވެސް އޮފިޝަލް ވިދާޅެއް ނުވެއެވެ.

"އަރުހަމްގެ މަރާގުޅިގެން 18 އަހަރުން މަތީގެ ތިން މީހަކު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ ބުދަދުވަހު ހެނދުނު 6:00 ޖހާ އެހާކަން ހާއިރު އަރުހަމް މަރާލާފައި އޮއްވާ ފުލުހުންނަށް ފެނުނީ ކުއްލިއްޔާގެ އިރަށް އޮންނަ ދޮންހުރާ ގޯޅީގެ "ލޮރެންޒޯ' ޕާކް ތެރެއިންނެވެ.

ދަރުމަވަންތަ ސްކޫލްގެ ގްރޭޑް ނުވައެއްގައި ގައި ކިޔަވަމުން ދިޔަ އަރުހަމް މަރާލާފައި އޮއްވާ ފެނުނު އިރު އޭނާގެ ގައިގެ ހަތަނަކަށް ވަނީ ވަޅީ ހަރައި ޒަޚަމް ކޮށްލާފަ އެވެ.

ފުލުހުން ބުނީ އަރުހަމްގެ މަރާލި މައްސަލައިގެ ތަހުގީގު ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދާނެ ކަމަށާއި އެކަމުގައި ފުލުހުންގެ ހުރިހާ ރިސޯސްއެއް ބޭނުންކޮށް ކުށްވެރިވާ ފަރާތްތައް ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތްތައް ހަލުވިކަމާއެކު ކުރިޔަށް ގެންދާނެ ކަމަށެވެ.