ޅ. މާފިލާފުށިން "މޫދު ހަރުފައެއް" ސިފައިން ހިފައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހަރުފަ ފެނުނީ މާފިލާފުށީގައި ހުންނަ ސިފައިންގެ މެރިންކޯ ޓްރޭނިން ސްކޫލްގައި ތަމްރީން ފުރިހަމަ ކުރަމުންދާ ދަރިވަރުން އިއްޔެ މޫދަށް އެރި އުޅެނިކޮށް ކަމަށެވެ. ގާތްގަނޑަކަށް 14 އިންޗި ދިގުމިން ހުރި އެ ހަރުފަ ސިފައިން ހިފީ ނެޓެއް ބޭނުންކޮށްގެން ކަމަށާއި އެ ހަރުފަ މިހާރު އޮތީ އެމްއެންޑީއެފް މެރިންކޯ ޓްރޭނިންގް ސްކޫލުގެ ބެލުމުގެ ދަށުގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހަރުފައިގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.

އެ ހަރުފައަކީ މޫދުގައި އުޅޭ ހަރުފައިގެ ބާވަތެއްކަމުގައިވާ "ޔެލޯ ބެލީޑް ސީ ސްނޭކް"ގެ ވައްތަރުތަކުގެ ތެރޭގައި ހިމެނޭ ހަރުފައެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.