އެންބީއޭ ބާސްކެޓް ބޯޅަ މުބާރާތުގައި މިނެސޯޓާ ޓިމްބާވުލްވްސް އާއި ލޮސް އެންޖަލިސް ކްލިޕާސް ބައްދަލުކުރި މެޗު ޓިމްބާވުލްވްސްއިން ކާމިޔާބު ކޮށްފިއެވެ.

ލޮސް އެންޖަލިސްގެ ކްރިޕްޓޯ ޑޮޓް ކޮމް އެރިނާގައި ކުޅުނު މިމެޗު ވުލްވްސްއިން ކާމިޔާބު ކޮށްފައިވަނީ 118 ޕޮއިންޓު 100 ޕޮއިންޓުންނެވެ. މިމެޗުގައި ވުލްވްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 37 ޕޮއިންޓް ހޯދައިދީ އަށް ރީބައުންޑް ނަގައިދީ ހަތަރު އެސިސްޓް ދިން އެންތަނީ އެޑްވާޑްސްއެވެ. އަދި ކްލިޕާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 22 ޕޮއިންޓް ހޯދައިދީ ތިން ރީބައުންޑް ނަގައިދީ ތިން އެސިސްޓް ދިން ޕޯލް ޖޯޖުއެވެ.

މިމުބާރާތުގައި ބޮސްޓަން ސެލްޓިކްސް އާއި ޔޫޓާ ޖޭޒް ބައްދަލުކުރި މެޗު 123 ޕޮއިންޓް 107 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ސެލްޓީކްސްއެވެ. މިމެޗުގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 38 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ ދެ އެސިސްޓް ކޮށްފައެވެ.

ޖޭޒްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 26 ޕޮއިންޓް ހޯދައިދީ އެއް ރީބައުންޑް ނަގައިދީ ހަ އެސިސްޓް ދިން ކެޔޮންޓޭ ޖޯޖުއެވެ. މީގެއިތުރުން ނިއުޔޯކް ނިކްސް އާއި ފިލަޑެލްފިއާ ސެވަންޓީ ސިކްސާސް ބައްދަލުކުރި މެޗު 106 ޕޮއިންޓު 79 ޕޮއިންޓުން މެޗު ކާމިޔާބު ކޮށްފައިވަނީ ނިކްސްއެވެ.

މިމެޗުގައި ނިކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 20 ޕޮއިންޓް ހޯދައިދީ 19 ރީބައުންޑް ނަގައިދީ 10 އެސިސްޓް ދީ ޓްރިޕްލް ޑަބަލްއެއް ހެދި ޖޯޝް ހާޓްއެވެ. އަދި ސިކްސާސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް ހޯދައިދީ ހަ ރީބައުންޑް ނަގައިދީ އެއް އެސިސްޓް ދިން ކެލީ އޯބްރޭ ޖޫނިއާއެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗު ތަކަށް ބަލާލާއިރު އިންޑިއާނާ ޕޭސާސް އާއި އޮކްލޮހޯމާ ސިޓީ ތަންޑާ ބައްދަލުކުރި މެޗު 121 ޕޮއިންޓް 111 ޕޮއިންޓުން ޕޭސާސް ކާމިޔާބު ކުރިއިރު މެމްފިސް ގްރިޒްލީސް އާއި ވޮޝިންޓަން ވިޒަޑްސް ބައްދަލުކުރި މެޗު 109 ޕޮއިންޓު 97 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ގްރިޒްލީސްއެވެ. އަދި ހިއުސްޓަން ރޮކެޓްސް އާއި ސެން އެންޓޯނިއޯ ސްޕާސް ބައްދަލުކުރި މެޗު 103 ޕޮއިންޓު 101 ޕޮއިންޓުން ރޮކެޓްސް ކާމިޔާބު ކޮށްފައިވާއިރު ސެކްރެމެންޓޯ ކިންގްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރި މެޗު 129 ޕޮއިންޓް 94 ޕޮއިންޓުން ކާމިޔާބު ކޮށްފައިވަނީ ކިންގްސްއެވެ.